ދެން ރެސިޕީ: ކުކީ ޕުޑިން
![](https://dhen.mv/wp-content/uploads/2023/04/8c53a2a6-14ed-40b7-a6db-67723530c6ea.jpg)
ބޭނުންވާނެ ތަކެތި:
1 ބޮނޑި ޗިޕްސް މޯ ބޮޑިއެއް
2 ދަޅު ނެސްލޭ ކްރީމް
1 ދަޅު ގެރިކިރު
1 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ނެސްލޭ ކްރީމާއި، ކޮކޯ ޕައުޑަރު ތައްޓަކަށް އެޅުމަށްފަހު، ރަނގަޅަށް އެއްކުރާށެވެ.
އެއަށްފަހު ގެރިކިރު ދަޅު އަޅައި، އޮމާން ވަންދެން ގިރާށެވެ. ދެން ޓްރޭ އަކަށް ކުކީތައް ބޭނުންކޮށްގެން، ލެޔާއެއް އެޅުމަށްފަހު އޭގެ މައްޗަށް ކްރީމް ކޮޅެއް އަޅައިލާށެވެ. އަދި އަނެއްކާ ވެސް ކުކީގެ އިތުރު ލޭޔައެއް އެޅުމަށްފަހު މައްޗަށް ކްރީމް ކޮޅެއް އަޅައިލާށެވެ.
އޭގެ ފަހުން ފްރިޖްގެ ފިނިކުރާ ބައިގައި މަދުވެގެން ދެ ގަޑިއުރު ބަހައްޓާށެވެ.