ދުނިޔެ

މުމްބާއީ-އަހްމަދުއާބާދު ބުލެޓް ޓްރޭންގެ ޓަނަލް ކޮންޓްރެކްޓް އެފްކޮންސް ކާމިޔާބުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ސަރކަލްތަކުގައި ގިނަ ޑްރާމާތަކެއް ހިންގުމަށްފަހު، 508.17 ކިލޯމީޓަރުގެ މުމްބާއީ – އަހްމަދުއާބާދު ހައި ސްޕީޑް ރޭލް (އެމްއޭއެޗްއެސްއާރް ބުލެޓް ޓްރެއިން) ގެ ތެރެއިން 20.377 ކިލޯމީޓަރުގެ އަންޑަގްރައުންޑް ޕެކޭޖް ސީ-2 އެޅުމަށް އެންމެ ކުޑަ ބިޑެއް ހުށަހެޅާ، އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބިޑް ކާމިޔާބުކޮށްފިއެވެ.

Ads by Sosun Fihaara

އެފްކޮންސް އިން ދަނީ ރާއްޖޭގައި ވިލި މާލޭ ބްރިޖްގެ މަސައްކަތް ވެސް ކުރަމުންނެވެ. އަހްމަދުއާބާދު ހައި ސްޕީޑް ރޭލްގެ މަސައްކަތް ވެގެންދާނީ އެ ކުންފުނިން ކުރާ މިފަދަ އެންމެ ބޮޑު މަސައްކަތަށެވެ.

ނޭޝަނަލް ނޭޝަނަލް ހައި ސްޕީޑް ރޭލް ކޯޕަރޭޝަން ލިމިޓެޑް (އެންއެޗްއެސްއާރްސީއެލް) އިން މި ޕެކޭޖަށް އެންމެ ފުރަތަމަ ބިޑް ހުށަހެޅީ 2019 ވަނަ އަހަރުއެވެ. އެފަހަރު އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައެއް ނުވެއެވެ.

އެންމެ ފަހުގެ ރައުންޑަށް ބީލަން ހުށަހެޅީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އެފަހަރު ބިޑަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރު ހަމަވީ ދެ ފަރާތެކެވެ. އެފްކޮންސް އިން މި ބިޑް ކާމިޔާބު ކުރީ، ދެން ބިޑް ހުށަހެޅި އެލްއެންޓީއަށްވުރެ 9.11 ޕަސެންޓް ކުޑަ އަގެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!