ޚަބަރު

ރިޔާސީ އިންތިޚާބު 2023: އޮފިޝަލުން ތަމްރީނު ކޮށްދޭނެ މީހުން ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގައި ހަރަކާތްތެރިވާނެ 80 ޓްރެއިނަރުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކުރައްވައިފިއެވެ.

Ads by STELCO

އީސީން ވިދާޅުވީ އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް ޖުލައި 15 އިން ޖުލައި 21 އަށް ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދެވޭނެ ކަމަށާއި، އަދި ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީއޯޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ އެ ކޮމިޝަނުން ކަމުގައެވެ.

އޮފިޝަލުން ތަމްރީނު ކުރުމުގައި މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 700 ރުފިޔާ، އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 900 ރުފިޔާ ދިނުމަށް އީސީން ވަނީ ނިންމައިފައެވެ. އަދި ޓީއޯޓީ ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1،400 ރުފިޔާ ދެވޭނެ ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް އަތޮޅުތެރެއާއި މާލޭގައި ވަކިން ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާލޭގައި 19 އޮގަސްޓުން ފެށިގެން ސެޕްޓެމްބަރު 5 އަށް ތަމްރީނު ކުރިއަށްދާނެއެވެ.

އަދި އަތޮޅު ތެރޭގައި ތަމްރީނުތައް ކުރިއަށްދާނީ 19 އޮގަސްޓުން 31 އޮގަސްޓަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!