ދިވެހިންގެ ނަމުގައި ފަލަސްޠީނުގައި އެޅިގެންދާނެ ފުރަތަމަ މިސްކިތް އެޅުމަށް އެހީ ދޭން ހުޅުވާލައިފި
ދިވެހިންގެ ނަމުގައި ފަލަސްޠީނުގައި އެޅިގެންދާނެ ފުރަތަމަ މިސްކިތް އެޅުމަށް އެހީ ދޭން ހުޅުވާލައިފިއެވެ.
އިންޓަރނޭޝަނަލް އެއިޑް ކޭމްޕުން ބުނެފައިވާގޮތުގައި ތަޖްރީގެ ތެރެއިން މިހާރު އިއުލާން ކުރެވިފައިވާ ޕްރޮޖްކްޓް ތަކުގެ ތެރޭގައި ދިވެހިންގެ ހިތުގައި ހާއްސަ ލޯތްބެއް ޖެހިފައިވާ ފަލަސްޠީނުގައި ބިނާކުރެވޭނެ މިސްކިތެއް ވާނީ ހިމަނާފައެވެ.
3 ފަންގިފިލާގެ މި މިސްކިތަކީ ޖާގައިގެ ގޮތުން ތަނަވަސް ހިތްގައިމު މިސްކިތެއްކަމަށާއި މި މަތިވެރި ޝަރަފާއި ދަރުމަ ލިބެވިނި މި އަޅުކަމުގައި ބައިވެރިވެލުމުގެ ފުރުސަތު މިހާވާނީ ހުޅުވާލައިފައިކަމަށް އައިއޭސީ އިން ބުނެއެވެ. ޖުމްލަ 4 މިސްކިތެއް އެޅުމަށް މިހާރު މަސައްކަތްކުރަމުންދާ ތަޖްރީ އަކީ ކޮންމެ ވަގުތަކުވެސް ކޮންމެ އަދަދެއްވެސް ދެއްވޭނެ ދެމިގެންދަނިވި ޞަދަޤާތުގެ ފަންޑެއްކަމަށްވެސް އެޖަމިއްޔާ އިން ބުނެއެވެ.
އިންޓަރނޭޝަނަލް އެއިޑް ކޭމްޕަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ މުސްލިމުންނަށް އެކިއެކި ގޮތްގޮތުން އެހީ ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. މިގޮތުން ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ތުރުކީއާއި ސީރީޔާގެ ރައްޔިތުންނަށް އެޖަމިއްޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ހިނގާ ރަމަޟާން މަސް ނިމުމުގެ ކުރިން މި ހަތަރު މިސްކިތަށް ފަންޑްލިބި މަސައްކަތް ފެށުން" އިންޓަރނޭޝަނަލް އެއިޑް ކޭމްޕުން ބުނެފައިިވެއެވެ.
ކޮބާ އެކައުންޓް ނަންބަރު
މިކަމަކީ ވަރަށްވެސް ރަގަޅު މަތިވެރި ސަވާބުހުރި ކަމެއް. ނަމަވެސް އައިއޭސީގެ ހިންގުމުގެ ޚަރަދާއި އެހެނިހެން އިދާރީ ކަންކަމަށް 12.5 ޕަސެންޓް. ނަގާ ނެގުމަކީ އެންމެ ރަގަޅުގޮތް ބާއޭ ހިތަށްއަރާ. މިސާލަކަށް މި މިސްކިތުގެ އެޅު.ަށްބޭނުންވަނީ 3 މިލިއަން ކަމުގައިވަނީ 12.5 ޕަސަންޓް އެ ޖަމާޢަތުގެ ކަންކަމަށްނަގާނަމަ 337500ރ. ތިންލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ އެބަ ނެގިގެންދޭ ޖަމާޢަތުގެ ޚަރަދުތަކަށް ވަރަށްބޮޑު ޢަދަދެއްކަން ފާހަގަކުރަން. 2 ނުވަތަ 3 ޕަސަންޓް ނެގި ނަމަވެސް ހަމަ ރަގަޅު އަދަދެއް އެއިޑް ކެމްޕެއިންގގެ އިދާރީ ކަންކަމަށް ލިބިގެންދާނެ.
ވަރަށް ރަގަޅު ކަމެއް އެފަދަ ކަންކަމުގައި ބައިވެރި ވާން ބޭނުން އެތައް ބަޔަކަށް ބައިވެރި ވުގެ ފުރުސަތު ހޯދާ ދިނުމަކީ ވަރަށް މުހިންމު އަދި ސަވާބަށް އެދޭ މީހުންނަށް ބައިވެރި ވުމަށއ ލިބޭ ރަނުގެ ފުރުސަތެް ކަމުގައި ދެކެން
12.5% ނުދާނެ ހިންގުމުގެ ހަރަދަކަށް. ކޮންމެ މިލިޔަނަކުން 125،000ރ ޖީބަށް. ބޮޑު ވިޔަފާރިއެއް ހަމަތީ.
ައެކައުންޓު ނަންބަރު ފޮނުވާާލަދެއްވާ