ޚަބަރު އިޖުތިމާޢީ

މައުމޫން ފައުންޑޭޝަން އާއި އިސްލާމީ އެހީތެރިކަމުގެ ގުޅުމާއި ގުޅިގެން މިރޭ ޚާއްސަ ޖަލްސާއެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޤަބްދުލް ޤައްޔޫމް/ ފޮޓޯ: ރައީސް އޮފީސް

މައުމޫން ފައުންޑޭޝަން އާއި އިސްލާމީ އެހީތެރިކަމުގެ ގުޅުމާއި ގުޅިގެން މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ފައުންޑޭޝަނުން އިސްވެއޮވެ ބާއްވާ މި ޚާއްސަ ޖަލްސާ އޮންނާނީ މިރޭ 9:45 އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާމާލަމުގައި ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެފައިވެއެވެ.

"އެންމެ މާތް މައްސަރު" މިނަމުގައި ބާއްވާ މި ޚާއްސަ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް މައުމޫން ފައުންޑޭޝަނުން ބުނެފައިވެއެވެ.

ރައީސް މައުމޫންގެ މައުމޫން ފައުންޑޭޝަނަކީ ދީނީ ކަންކަމާއި އިޖުތިމާޢީ ކަންކަމުގައި މުޖުތަމަޢުއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ފައުންޑޭޝަނެއްކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo
  1. ހުސޭނުބެ

    އަމިއްލައަށް ފިލޯސަފަރުންނާއި ނުޖޫމީ އިލްމްވެރިން ކަމަށް ހެދިގެން އުޅޭ މީހުން ދީނީ ތަގްރީރު ދިނީމާ ދެކޮޅެއް ނުޖެހެއެވެ.