ޚަބަރު ސިޔާސީ

ހަސަން ކުރުސީގެ އަސްލު ހޯދަން، ރައީީސް ނަޝީދު ފުލުހަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކޮށް، ޓްވިޓަރގައި ޙިޔާލު ފާޅު ކުރަމުން އަންނަ "ހަސަން ކުރުސީ" ޓްވިޓަރ އެކައުންޓުގެ އަސްލު ހޯދައި ދެއްވުމަށް ރައީީސް ނަޝީދު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

ރައީސް ނަޝީދުގެ އޮފީހުން މިއަދު ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ ރައީސް ނަޝީދުގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި، އެތަކެއް އޮޅުމެއް އަރާ ކަމުގައެވެ.

ރައީސް ނަޝީދު ވަނީ މި އެކައުންޓުގެ ވެރިފަރާތަކީ ކޮބައިކަން ހޯދައި ދެެއްވުމަށް ފުލުހުންގެ ކިބައި އެދިވަޑައިގެންފައެވެ.

ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައީސް ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔުއްވާ ބައެއް ލިޔުންތަކުގެ ހަޤީޤީ/ހިޔާލީ ޝަޙްޝިއްޔަތެއް ކަމަށް ވިދާޅުވެފައެވެ.

ގިނަ ކަންކަމުގައި ޙިޔާލު އެއްގޮތް ވިޔަަސް، ހަސަން ކުރުސީ އަކި ޖިސްމާނީ ގޮތުން ރައީސް ނަޝީދު ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފެކްޝަނުގެ މެމްބަރުން،  ހަސަން ކުރުސީ އަކީ ރައީސް ނަޝީދު ކަމަށް ތުހުމަތު ކުރައްވައި، އެ އެކައުންޓުގެ ޓްވީޓުތަކަށް ވަރަށް ގިނައިން ރައްދުވެސް ދެއްވައެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒއިނާ ވަނީ ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ ރައީސް ނަޝީދު ކަން ފަޅާއަރާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

Ads by Ooredoo
  1. ހެޔޮނުވާނެއޭ

    މުއިއްޒު އަކީ އެއީ އެއްގޮތަކަށް ރާއްޖޭގެ ރައީސް ކަމަށް ކުފޫހަމަވާ މީހެއް ނޫނޭ އޭނާ ހެދި ޕީއެޗްޑީ އާއި މެދު ވެސް މަމެން ސުވާލު އުފައްދަމޭ އެއީ ސްޓޭޓަސް އެއްގެ ބޭނުމުގައި އޭނާ ހޯދާފައިވާ އެއްޗެއްތޯ ނުވަތަ ޖެނުއިންލީ ކޮލިޓީ އެއް ހުރެެގެން އެފަރޓް ލައިގެން އޭނާ ކިޔަވައިގެން ހޯދާފައި ހުރި އެއްޗެއްތޯ މަމެން ސުވާލު އުފައްދަމޭ ހޮޅި މުއިއްޒު ޕަންޕް މުއިއްޒު ދަފްތަރު އުވާލާ މުއިއްޒު އޭނާ ކުރާ ކޮންމެ ކަމެއް އޮންނަނީ އަތަށް ގޮވާފައޭ ހެޔޮނުވާނެ ވެރިކަމަށް ގެންނާން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ