ޚަބަރު ޝަރުޢީ ދާއިރާ

ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އިލްތިމާސް ކުރަން: އާދަމް ޝަރީފް އުމަރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސް ޔާމީންގެ މައްޗައް ކްރިމިނަލް ކޯޓް ހިނގަމުންދާ ފުއްގިރީގެ މައްސަލަ ލައިވް ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައިވާނީ އެދިފައި ކަމަށާއި އެކަން ކޮށްދިނުމަށް އިލްތިމާސް ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް ވިދާޅުވީ ޝަރީއަތް ލައިވް ކުރުމުން ޖުޑިޝަރީ ނިޒާމުގެ ކަންކަން ހިނގަމުންދާ ގޮތް އާއްމުންނަށް އިނގޭ މިންވަރު ބޮޑުވާނެކަމަށެވެ.

"ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރީގެ މައްސަލަ ލައިވް ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި ދަންނަވާފައިވާނެ! އެކަން ކޮށްދެއްވުމަށް އިލްތިމާސް ކުރަން ޝަރީއަތް ލައިވް ކުރުމުން ޖުޑިޝަރީ ނިޒާމުގެ ކަންކަން ހިނގަމުންދާ ގޮތުގެ އާއްމުންނަށް އެނގޭ މިންވަރު އިތުރުވާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާއެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.17 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

  1. އަލިހޮއްކޮ

    ޔާމީނުގެ ޝަރީއަތް ލައިވްކޮށް އަހަރުމެންނަށް އެހުންނަނީ ފެންނާށެވެ. ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުއަގުގައި ގަން ބޮޑު ގޯއްޗާއި އަޅަމުންދާ ގަޑުވަރާއި ބޭންކް އެކައުންޓްތަކުގައި މިލިޔަނުން ހުރި ފައިސާއަކީ އިތުރަށް ލައިވްކުރަން ޖެހޭ އެއްޗިއްސެއް ނޫނެވެ.