ވިޔަފާރި

އުރީދޫ އީދު ސައި، ސަލްމާން މިސްކިތް ކުރިމަތީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލް އާ ގުޅިގެން އުރީދޫން ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި އީދު ސައެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

"އުރީދޫ އީދު ސައި" ގެ ނަމުގައި ކުރކިއަށް ގެންދާ އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ބައްލަވައިގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މީގެ އިތުރުން ޢީދާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫއިން ކުރިއަށްގެންދާ ތަފާތު ހަރަކާތްތައް އެހެން އަހަރުތަކެކޭވެސް އެއްފަދައިން ކުރިއަށްދާނެކަމުގައި އުރީދޫއިން ބުނެއެވެ.

އުރީދޫން އީދު ސައެއް ދޭން ނިންމާފައި ވާއިރު މި ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު 'ކޮމިއުނިޓީ އިފްތާރު' ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އުރީދޫން ވަނީ ބޮޑު ރޯދަ ވީއްލުމެއް ދީފައެވެ. މި ހަރަކާތް ވެސް ސަލްމާން މިސްކިތުގެ ގޯތިތެރޭގައި ބާއްވަމުން ދާއިރު މި ހަރާކަތަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!