ޚަބަރު

އިންތިޚާބަކާ ނުލައި 3 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން ހޮވިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުން ކުރިޔަށްދަނީ... ދެން އިމޭޖްސް

ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)ތަކަށް ވޯޓަކައި ނުލައި މެންބަރުން ހޮވިއްޖެއެވެ.

Ads by Sosun Fihaara

ޖޫން 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން 3 ރަށެއްގެ ކޮމިޓީތަކަށް މެންބަރުން ހޮވިފައި ވަނީ ވާދަކުރާނެ އިތުރު ކެނޑިޑޭޓެއް ނެތުމުގެ ސަބަބުންނެވެ. މި ތިން ރަށަށް ވެސް ވާދަކޮށްފައި ވަނީ ހަމައެކަނި ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެނޑިޑޭޓުންނެވެ. އެ ގޮތުން އިންތިޚާބަކާ ނުލައި މަޤާމުތަކަށް ހޮވުނު ކެނޑިޑޭޓުންނަކީ ރ.މީދޫ އ.ތ.މ ކޮމިޓީއަށް ޕީޕީއެމްއިން ވާދަކުރެއްވި ވަސީމާ އިބްރާހީމްއާއި ށ.މާއުނގޫދޫ އ.ތ.މ ކޮމިޓީއަށް ވާދަކުރެއްވި ޢާއިޝަތު ހަނީފާގެ އިތުރުން ގދ.ވާދޫ އ.ތމ ކޮމިޓީއަށް ވާދަކުރެއްވި ކެނޑިޑޭޓް ލިއުޝާ އިބްރާހީމެވެ.

ޖޫން 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ބައި އިލެކްޝަންގެ ތެރެއިން ތިން ރަށެއްގެ މަޤާމުތަކަށް މެންބަރުން ހޮވިފައިވުމުގެ އިތުރުން ފ.ބިލެތްދޫ އ.ތ.މ ކޮމިޓީއަށް އެއްވެސް މީހަކު ކުރިމަތިލައިފައި ނުވާތީ އިންތިޚާބު އޮންނާނީ 6 ރަށެއްގައެވެ. އެއީ ލ.މާމެންދޫއާއި ތ.ގާދިއްފުއްޓާއި ހދ.ފިނޭ އަދި މ.ވޭވަށާއި ކ.ދިއްފުއްޓާއި ގދ.ހޯނޑެއްދޫއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!