ޚަބަރު އިޖުތިމާޢީ

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް މާލެ ސިޓީކައުންސިލުން ތައްޔާރުވަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލޭގައި ބުޅާ އާލާވުން ހުއްޓުވުމަށް ފެސިލިޓީއެއް ޤާއިމުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މާލޭގެ މަގުތަކުގައި ބުޅާ އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން ތަފާތު އެތައް ބަލިތަކެއް އާންމުވަމުން ދާކަމުގެ ޝަކުވާ ރައްޔިތުން މިހާރުވެސް ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. އަދި މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން މީސްމީޑިއާގެ ޒަރިއްޔާއިންވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ އެންވަޔަރމެންޓް ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް "ކެޓް ނިއުޓާ ފެސިލިޓީ" އެއް ޤާއިމުކުރުމާ މެދު ގޮތެއް ކަނޑައެޅި އަމަލީ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މާލެ ސިޓީގެ މަގުތައް މަތީގައި އުޅޭ ބުޅާތައް ގިނަވެ އަޅާލާނެ މީހެއްނެތުމުގެ ސަބަބުން އާއްމުންނަށް އެކިއެކި އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ. އަދި މިގޮތަށް މަގުމަތީގައި އުޅޭ ބުޅާތަކަށް ބައެއް ފަހަރު މީހުންގެ އަނިޔާކުރުންތަކާއި ގެއްލުން ދިނުންތަކާއި ދަނީ ކުރިމަތި ވަމުންނެވެ.

Ads by Allied Insurance
  1. އަލީ ރަޝީދު

    ބުޅާ ފެސިލިޓީހަކަސް މަގެއް ހެދިޔަސް މިސްކިތެއް ހެދިޔަސް ކަޓެއް ނުލިބޭނެގޮތަށް އެންމެ ކަމެއް ނުކުރެއެވެ. މީހެއްގެ ކަރުގައި ކަށިއަޅާނެ ނަމަ، މީނަގެ ކަރުތެރޭގައި ފުރިފައި ކަށި ހުންނާނެއެވެ.

  2. ބުޅާ ފެސިލިޓީ ހިޔާ ކޮތަރު ކޮށިހެން ނާޅައްޗޭ ބުޅަލަށްވެސް އުޅެވޭ ގޮތަށް ހަދައްޗޭ !