ޚަބަރު

ކަނޑުގެ ސަރަހައްދުން 44،000 އަކަކިލޯމީޓަރ ގެއްލުމަކީ ލިބުނު ކާމިޔާބެއް ނޫން: އުޝާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 44،000 އަކަކިލޯމީޓަރ ގެއްލުމަކީ ލިބުނު ކާމިޔާބެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭއިން މީގެކުރިން އީއީޒީގެ ގޮތުގައި ބޭނުންކުރަމުންދިޔަ 200 ނޯޓިކަލް މޭލުގެ ތެެެރެއިން 44،000 އަކަކިލޯމީޓަރ ގެއްލުމަކީ ލިބުނު ކާމިޔާބެއް ނޫން ކަމަށެވެ. އަދި  މިސަރުކާރުން މިމައްސަލާގަ ނަގާފައިވާ ސްޓޭންޑުގެ ސަބަބުން ދިވެހިން ބޭނުންކުރަމުންދިޔަ މަސްކަނޑުން ބޮޑު ބައެއް ނުގެއްލޭކަމަކަށް ނުވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް މިފަދައިން ވިދާޅުވީ ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު މައްސަލަ ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.

ޖަރުމަނުގެ ހެމްބާގުގައި ހުންނަ އެ ޓްރައިބިއުނަލްގެ މައި އޮފީހުގައި މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް މި ފަރުގެ ހިކިދިޔައިގައި ފެންނަން ހުންނަ ހިސާބަކީ، އިކުއިޑިސްޓެންސުން ބަހާއިރު މިން އެޅޭނެ ބޭސްއެއް ނޫންކަމަށް ވަނީ ނިންމާފައެވެ.

  1. އަލިބެ

    ގެއްލުނީތަ؟ އިތުރަށް ލިބުނީތަ؟ ޗާޓް ރީޑް ކުރަން އެގޭތަ؟ ތިމާ ގަމާރުވެ، ތަންދޮރު ނޭގުނަސް މިހާރު ގިނަ ދިވެހިންނަކީ ކިޔަވައިގެން ތިބި މީހުންކަމެއް ނޭގޭތަ؟ މިހާތު ގުނބޯ ހެއްދޭނީ ވަކި ބަޔެކެވެ.

    • މޫސަ

      ގެއްލުނީ .. ހަމަ ގެއްލުނީ .. ކަލޭ ކޯޗެއް ކިޔަން ތިއުޅެނީ