ޚަބަރު

އިޓްލޮސްގެ ނިންމުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން މިއަދު ނިންމެވި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ވަޒީރުންގެ މަޖިލިސް މެންބަރުންނާ އެކު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ރާއްޖެއަށް ފައިދާވާ ގޮތަށް ކަމުގައި ފާހަގަކުރައްވާ އެކަމާއި ގުޅޭގޮތުން ވަޒީރުން ދަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވަމުންނެވެ.

މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ. އަދި މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެފައެވެ.

Ads by Ooredoo
  1. ހިންނު އިބްް

    ތިޔަ ފަދަ އޮޅުވާލުމެއް ރައީސަކު ގައުމަކަށް އޮޅުވައެއް ނުލާނެ، އަތުގައި އޮތް އަމިއްލަ އެއްޗެއް އެހެން ބަޔަކާއި ދެމެދު ބެހުމުން އޭގެން މަދުވާނީ ކާކަށް ހެއްޔެވެ. ނުވަތަ މޮޅުވާނީ ކާކަށް ހެއްޔެވެ.