ޚަބަރު

ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ބުނެވޭނެ ތާރީޚީ ހެއްކެއް، އަދި ޤާނޫނީ ހެއްކެއްވެސް ނެތް: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު އެއްވެސް އިރަކު ހިނގާފައިވާ ތަނެއް ކަމާމެދު އެއްވެސް ހެއްކެއް ނެތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ޗާގޯސް ހޯދަން މަސައްކަތް ކުރާނެތޯ މިރޭ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ޗާގޯސްއަކީ ކޮންބައެއްގެ ތަނާމެދު މީގެ ކުރިން ގޮތްތަކެއް ނިންމިފައިވާ ކަމަށް ޤަބޫލު ކުރަނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ޗާގޯސްގެ މައްސަލަ އަކީ ރާއްޖެއާ ގުޅިފައި އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދޭތެރޭ އޮތް މައްސަލައެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި ދިވެހިންގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ނޫން ކަމަށާއި ޤާނޫން އަސާސީގައި ވެސް އަޅުގަނޑުމެންގެ ސަރަހައްދުގެ ތެރޭގައި އެތަން ނުހިމެނޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލައަކީ ރާއްޖެއާ ގުޅިފައި އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދޭތެރޭ އޮތް މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހޮންނޭ

    ތިޔަ ފަދަ އޮޅުވާލުމެއް ރައީސަކު ގައުމަކަށް އޮޅުވައެއް ނުލާނެ، އަތުގައި އޮތް އަމިއްލަ އެއްޗެއް އެހެން ބަޔަކާއި ދެމެދު ބެހުމުން އޭގެން މަދުވާނީ ކާކަށް ހެއްޔެވެ. ނުވަތަ މޮޅުވާނީ ކާކަށް ހެއްޔެވެ.

  2. ފަޒީލާ

    މިސަރުކާރުން ގައުމަށް ޣައްދާރުވެއްޖެ. މަގޭ ވޯޓު މިސަރުކާރަށް ދެން ހަރާމް…

  3. އަބްދޫ

    ޗާގޯސް އައިލޭންޑަކީ މޮރިސަސްގެ ތަނެއްކަމަށް ބެލެވުނީ ކޮންގޮތަކުން . ޗާގޮސްއަކީ ރާއްޖެ އުފެދިފައިވާ ޖިއޮގްރަފިކަލް ގޮތަށް ބަލާއިރު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅު. މިއީ ރާއްޖޭގެ ބަޔަކަށް ނުވާންވީ ސަބަބެއް ކޮބާ؟ މޮރިސަސް އޮތީ އެފްރިކާގަ ރާއްޖެއާއި 1000 ކިލޯމީޓަރަށް ވުރެ ދުރުގަ އޮތް މޮރިސަސް ގެ ބަޔަކަށް ރާއްޖެ ގޮނޑުދޮށުގަ އޮތް ފޯޅުވަހި ވާންޖެހޭ ސަބަބކީ ކޮބާ؟ އެތަންހޯދަން މޮރިސަސް ބޭނުންކުރީ އިގިރެސިން މޮރިސަސްއަށް ގެންދިޔަ އެތަނުގެ ރަށްވެހިން. ޗާގޯސް ހޯދަން ރާއްޖެއިން ހުށަހަޅަންޖެހެނީ ރާއްޖޭގެ ޖިއޮގްރަފިކަލް ކުރެހުންތަކާއި ތާރިހީ ގޮތުން ބޭނުންވާ ލިޔެކިއުން ހޯދުމަށްފަހު އެލިއުންތައް. ދިވެހިރާއްޖެއަށް ޗާގޯސް ލިބެން ނުޖެހޭ އެއްވެސް ސަބަބެއްނެތް. އެމްޑީޕީ ގެ އިސްވެރިން ތިބީ މޮރިސަސް ގެ އަނދަގޮޑީގަ.ސަބަބކީ ނަސީދު ވެރިކަމުގަ މޮރިސަސްއަށް ކުރި ދަތުރުގަ މޮރިސަސްގެ ބޭންކް ތަކުގަ ހުޅުވިފާހުރި ބޭންންއެކައުންޓްތަކާއި އެ އެކައުންޓް ތަކަށް ޖަމާވެފަ ހުންނާނެ ކަމަށް ލަފާކުރެވޭ ފައިސާ؟