ޚަބަރު ސިޔާސީ

ރައީީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުން، ޗާގޯސް ހޯދުމުގެ މަސައްކަތް ފައްޓަވާނެ: ޝުޖާޢު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުމަކަށް ގެނެސް، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ވެރިކަން ލިބިވަޑައިގަތުމުން، ޗާގޯސް ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، ފޯޅަވަހި މައްސަލައިގެ ހަޤީޤަތް ހާމަ ކުރުމުގައި ރާއްޖޭގެ މީޑިއާތަކުގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، މީޑިއާތައް ރައީސް ޞާލިޙުގެ ޖީބުން ބޭރުވާން ޖެހޭ ކަމަށެވެ.

"ޤައުމުގެ އެއްބައި ގެއްލިގެން މި އުޅެނީ. އެހެންވީމަ، މިކަމުގަ ހުރިހާ ނޫސްތަކަށް އަޅުގަނޑުމެން ހަމަ ދަންނަވާލަން ބޭނުން އިިޙްތިރާމާ އެކީގަ، މިކަމުގަ ތިބޭފުޅުން ދިވެހި ރައްޔިތުންގެ ފަޅީގަ ތިއްބަވާށޭ."

ޝުޖާޢު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ޗާގޯސް ހޯދުން ކަމުގައެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ވަނީ ދިވެހި ސަރުކާރުން ބޭނުންވި ގޮތަށް ނިމިފައެވެ.

މައްސަލަ ނިމުމާއެކު ފުށުއަރާ ކަނޑުގެ ސަރަހައްދުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބިގެން ދިޔައިރު، މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ.

އިޓްލޮސްގެ މި ނިންމުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 45،000 އަކަ ކިލޯމީޓަރު ގެއްލި، މަސްވެރިންނަށް ކުރިން ދެވުނު ހިސާބަށް ނުދެވޭނެ ކަމަށް ބުނެ، ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

މި މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީ ސަރުކާރުން ހާމަކޮށްފައި ުނުވާއިރު، އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއްގައި އެ ސިޓީ ހާމަ ކުރާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ބުނެފައެވެ.

 

Ads by Ooredoo
  1. ކަނޑުވިއްކާ

    ސަރުކާރުން ތިޔާ ވިއްކާލީ އައްޑޫ ކަނޑޭ ކުރިއަށް އޮތް 5 އަހަރު ދުވަސް ނިމޭއިރު އައްޑޫ އަކު ނުހުންނާނެއޭ އެންމެ މަސް ދޯންނެއް ވެސް ބަލަން ތިބޭތި މިކަން މިގޮތަށް ވާނީ މިހާރު އިންޑިއާ ނޫސް ތަކުގައި އެބަހުއްޓޭ ލިޔެ ފައި ރާއްޖޭގެ އައްޑޫ ކަނޑުގައި ދާ އަޅަން އިންޑިއާ ސަރުކާރުން އިންޑިއާ މަސްވެރިންނަށް ލައިސެންސް ކޮންމެ ލައިސެންސް އަކަށް 1 މިލިއަން ޑޮލަރު ދިނުމުން ދޭނެ ކަމަށް މިއިން އިނގޭ އެއްޗަކީ އެއީ ފޯޅަވަހި ކަނޑުގައި ކަމަށޭ ދާ އަޅަން ހުއްދަ މިދެނީ ކަނޑުވިއްކާ 500 މިލިއަން ޑޮލަރު ބަނޑުއަޅާލައިފިއޭ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ

  2. ޙާލި

    ކީވެ ކަލޯމެން ސަރުކާރުގައި ފޯލަވަހި އަދި މަލިކު ދިވެހިން ނަށް ހޯދާނުދެވުނު ބަޔަކަށް ކޯޗެއް ހޯދަވައިދެއްވޭނީ ތީ ޗާގޯސް މައްސަލާގައި ސީސަލާ އެއްކޮޅަށް ވޯޓްދިން ބައެއްނު ތިބައިމީހުން ތިތިބީ ރާއްޖެއަށް ގައްދާރުވެފާ

  3. އަލީރަޝީދު

    ހުކުމްކޮށްފަ ޖަލުގައި ތިބޭ މުޖްރިމުންނަށް ވެރިކަމަށް އާދެވޭ ހެއްޔެވެ؟ އަދި ތިޔަ ކިޔަނީ ރާއްޖޭގެ ފަޅުތަކާއި ރަށްތަށް ވިއްކާ އަމިއްލަ އެކައުންޓަށް މިލިޔަނުން ޑޮލަރު ވައްދާފައި ހުރި މީހެއްގެ ވާހަކައެވެ.

  4. ރެއްކަބޭ

    ބޯގޯސް ވާހަކަ ނުދައްކާ. ޗާގޯސްއަކީ ދިވެހިރާއްޖޭގެ ތަނެއްނޫން.