ޚަބަރު

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 282755 މީހުންނަށް ލިބިގެންވޭ

ރައުފާ ރަޝީދު ، ދެން އޮންލައިން
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުން ކުރިޔަށްދަނީ... ދެން އިމޭޖްސް

މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި 282755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

Ads by MWSC

އިލެކްޝަން ކޮމިޝަނުން ޢާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 600 ވޯޓު ފޮށި ބަހައްޓާނެއެވެ.

ރިޔާސީ އިންތިހާބަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައެޅީ 90 މިލިއަން ރުފިޔާއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ލަފާކުރައްވާ ގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި ދެވަނަ ބުރެއްގައި، އެ އަދަދު 120 މިލިއަނަށް އިތުރުވާނެ ކަމަށް އީސީން ލަފާ ކުރައްވައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހައިތަނަށް އިޢުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އާއި  މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި އިދިކޮޅު ލީޑަރު ޔާމީން އަބްދުލްޤައްޔޫމްގެ އިތުރުން އުމަރު ނަސީރެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ޑރ.މުޙައްމަދު މުނައްވަރުގެ އިތުރުން ޢުމަރު ނަޞީރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!