ޒަވާޖީ ޙަޔާތް ކާމިޔާބުވުމުގެ އަސާސަކީ އިޙްތިރާމް ކުރުން: ޚުތުބާ

ޒަވާޖީ ޙަޔާތް ކާމިޔާބުވުމުގެ އަސާސަކީ އިޙްތިރާމް ކުރުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އިޙްތިރާމްކުރުން" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ އިންސާނާއަކީ އިޙްތިރާމްކުރުމަށް ލޯބިވާ މީހެއް ކަމަށެވެ. އަދި މީހުންނާއި ވާހަކަދައްކާއިރު އެ މީހެއްގެ ޝުޢޫރުތަކަށާއި އިޙްސާސްތަކަށް ބަލައިގެން ވާހަކަ ދައްކަންޖެހޭ ކަމަށެވެ. މީސްތަކުންގެ މެދުގައި އެއްބާރުލުމާއި ލޯތްބާއި ކުލުނު ދެމެހެއްޓޭނީ އިޙްތިރާމްކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޒަވާޖީ ހަޔާތް ކާމިޔާބުވުމުގެ އެންމެ ބޮޑު އަސާސަކީ އިހްތިރާމް ކުރުން ކަމަށާއި އޭގެ ތެރޭގައި އެކަކު އަނެކެއްގެ ސިއްރުތައް ހިފެހެއްޓުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.
އަދި އާއިލާތައް ރޫޅެނީ ދެމަފިރިން، އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުމުން ކަމަށާއި އިހްތިރާމް ކުރުމުގެ ތެރޭގައި ތަހުނިޔާ ކިޔުމާއި ހަދިޔާ ބަދަލުކުރުމާއި ހިތާމަތަކުގައި ތަޢުޒިޔާ ކިޔުންހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.