ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
![](https://dhen.mv/wp-content/uploads/2023/05/DE8BF6AB-2B28-4695-99B3-64E13E784D35-850x548.jpeg)
2022 ވަނަ އަަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން "ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް"އަށް ޝަރުތު ހަމަވާ ދަރިވަރުން، ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.
ސްކޮލަރޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާއެއްގައި، 2022ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަކަށް ވާންޖެހޭނެއެވެ. އަދި އިސްލާމާއި ދިވެހި ހިމެނޭގޮތަށް 5މާއްދާއިން އޭ.ސްޓަރ ހާސިލްކޮށްފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ.ސްޓަރ ހާސިލްކޮށްފައިވުން ހިމެނެއެވެ. ނުވަތަ ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ"އިން ފެށިގެން މަތީ ގްރޭޑް ލިބިފައި އޮތުން ހިމެނެއެވެ.
ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުން myedu.egov.mv ޕޯޓަލް މެދުވެރިކޮށް ލިޔުންތައް ހުށައެޅޭނެއެވެ.
ހުށައަޅަންޖެހޭ ލިޔެކިޔުމުގެތެރޭގައި ޖީސީއީ އޭލެވެސް ނުވަތަ ޝާހާދާ ސާނަވީގެ ސެޓްފިކެޓްތަކާއި، އަދި ޖީސީއީ އޮލެވެލްއާއި އައިޖީސީއެސްސީ އިމްތިހާނުގެ ސެޓްފިކެޓް ހިމެނެއެވެ. އަދި ކޯސް ހަމަޖެހިފައިވާނަމަ، ކޯހާއި ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް ހުށައަޅަންވާނެއެވެ.