ރާއްޖެއާއި ތޫތުކުޑިއާ ދެމެދު ކޮންޓައިނަރ ޝިޕިންގެ ޚިދުމަތް ފަށައިފި
އިންޑިއާގެ ޓަމިލްނާޑޫގެ ތޫތުކުޑިއާއި ރާއްޖެއާ ދެމެދު ކޮންޓައިނަރ ޝިޕިންގެ ޚިދުމަތް ފަށައިފިއެވެ.
މީގެ ކުރިން ރާއްޖެއާއި ތޫތުކުޑިއާ ދެމެދު ދަތުރު ކުރަމުން އަންނަނީ ސްރީ ލަންކާ މަގުންނެވެ. މިއަދު އިންޑިއާގައި އިފްތިތާޙް ކުރެވުނު މި ޚިދުމަތާއެކު ރާއްޖެއާ ތޫތުކުޑިއާ ދެމެދު ސީދާ ދަތުރުތައް ފެށިގެންދާނެއެވެ.
މިއަދު މި ހިދުމަތް ފައްޓަވާދެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސް ޝާންތަނޫ ޓާކޫރެވެ.
މި ހިދުމަތާއެކު މާލެ އާއި ޓުޓިކޮރިންއާ ދެމެދު މަހަކު ތިން ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރަނީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި އެމްއެސްއެސްގެ ބޯޓު އެމްއެސްއެސް ގަލީނާ އެވެ.
ދެން ޑްރަގް ގިނަވޭ
ކަލޯ ސޫތުކުޅި ކިޔަނީ. މޮޅަށް ލިޔާނަމޭ ހިތާ އަވަގުރާނަވެސް ގޮވާފާނެ
ގަލޭނާ ގެ ވިންޗު ދަނޑި ހަލާކުވެގެން ހަމަ އެކަނި ކުރީ ކޮޅައް މަދު ކޮނޓެއިނަރު ކޮޅެއް ޖަހައިގެން ބޭކާރު ތެޔޮތަކެއް އަންދައިގެން އެސްޓީއޯ އިން ކޯއްޗެއްތަ މި ހަލުވަނީ …