ޚަބަރު

ޕާކިސްތާންގެ ފޮރިން މިނިސްޓަރަކީ ޓެރެރިޒަމްއަށް ހިތްވަރުދޭ މީހެއް: ޖައިޝަންކަރަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރްދާރީއަކީ ޓެރަރިޒަމްގެ ޕްރޮމޯޓަރެއް އަދި ތަރުޖަމާނު ކަމަށް ސިފަކުރައްވައި، ޓެރަރިސްޓް ޖަމާއަތްތަކަށް އިސްލާމްއާބާދުން އަބަދުވެސް ތާއީދު ކުރާކަމަށް ވިދާޅުވެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ޕާކިސްތާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ads by STELCO

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ކައުންސިލް ފޯ ފޮރިން މިނިސްޓަރސް (އެސްސީއޯ-ސީއެފްއެމް) ގެ  ބައްދަލުވުން ނިންމަވުމަށް ދެއްކެވި ވާހަކަފުޅުގައި، ޖައިޝަންކަރު ވަނީ މިދިޔަ ހުކުރު ދުވަހު ރާޖުރީގައި ހިނގި ބަޑީގެ ހަމަލާއެއްގައި އިންޑިއާ ސިފައިންގެ ފަސް މީހަކު މަރުވި ހާދިސާއަށް އިޝާރާތް ކުރައްވާފައެވެ.

ދެ ގައުމުގެ ދެމެދުގައި މި ހަމަނުޖެހުން އުފެދިފައި މިވަނީ އެސްސީއޯގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ވަޒީރުންގެ މަޝްވަރާތަކުގެ ނަތީޖާ އިއުލާނު ކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، އިނޮވޭޝަން، ސްޓާޓްއަޕްސް އަދި ޓްރެޑިޝަނަލް މެޑިސިންއާ ގުޅޭ ވޯކިން ގްރޫޕްތައް އުފެއްދުމަށް އިންޑިއާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާއިންނެވެ.

މިމަހުގެ 3-4 އަށް ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސްސީއޯ ހެޑްސް އޮފް ސްޓޭޓް ސަމިޓަށް ގެންދިއުމަށް ހަމަޖެހިފައިވާ 15 ނުކުތާގެ ޑިސިޝަން ޑޮކިއުމެންޓަކަށް ވަޒީރުން އެއްބަސްވެވަޑައިގެންނެވި އިރު، އެ ސަމިޓުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބައިވެރިވެވަޑައިގަންނަވާނީ ރަޝިޔާ، ޗައިނާ، މެދުއޭޝިއާގެ ގައުމުތަކުގެ އިތުރުން އެސްސީއޯގައި ހިމެނުމަށް ހަމަޖެހިފައިވާ އީރާނާއި ބެލަރޫސްގެ ރައީސުންނެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރެވެ.

މި ބައްދަލުވުގެ ޖައިޝަންކަރާއި ބުއްޓޫ ގެ ތަގުރީރުތަކުގައި ވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާއި ކަޝްމީރުގެ 370 ވަނަ މާއްދާއަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ތުހުމަތުތަކެއް ކުރައްވާފައެވެ.

Ads by Allied Insurance
  1. ޢަހު

    މީނާވެސް މީ ޓެރެރިސްޓެއް

  2. ކަލޭމެން އަބަދު ޕާކިސްތާނާއި އަޅާއިގަނެގެން ނެއްޓެން ނޭގިގެން އުޅޭބަޔެއް ޕާކިސްތާން ކަހަލަ ކުޑަ ޤައުމަކާއި އަބަދު ޖައްސާލައިގެން އުޅެނީ، އިންޑިޔާގައި އުޅޭ ޓެރެރިސްޓް ޖަމާއައްތަކަށް ބީޖޭޕީ ވާޤިވެރި ނުވޭތޯ ؟