ޚަބަރު

އިމުގެ މައްސަލައިގައި އުމަރާއި ޕީޕީއެމް އެއްގަލަކަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި އިދިކޮޅު ޕީޕީއެމް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

Ads by MWSC

އެ ބައްދަލުވުމުގައި ޗާގޯސް މައްސަލައިގައި ޙިޔާލު ބަދަލުކޮށްލެވުނު ކަމަށް، ޕީޕީއެމްގެ ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަޤަަމުގައި ހުންނެވި އުމަރު ވިދާޅުވިއެވެ.

ޕީޕީއެމުން ރޭ އުމަރާއި ބައްދަލުކުރިއިރު، އެ ޕާޓީން ވަނީ ޖުމްހޫރީ ޕާޓީ(ޖޭޕީ) އަދި އިދިކޮޅު އެމްއެންޕީއާއި އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު ވެސް އިމުގެ މައްސަލައިގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މި މައްސަލައިގައި ދެން ކުރިއަށް ދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަޙައްދު، އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބުނުއިރު، މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ.

އިޓްލޮސްގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ނަމަވެސް ސަރުކާރުން ވިދާޅުވަނީ، އިޓްލޮސްގެ ނިންމެވުމާއެކު ރާއްޖޭގެ ކަނޑުން ބައެއް ނުގެއްލޭ ކަމަށާއި، ދެކުނުގެ އިން ކަނޑައެޅިގެން ދިޔައީ ކަމަށެވެ. އެއާއެކު ކުރިން ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަހައްދެއް ރާއްޖެއަށް ލިބިގެން ގޮސްފައިވާ ކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ.

Ads by Allied Insurance
  1. އިއްބެ

    ލަނޑަޔާވާނީލަނޑަޔާ

  2. ތާރީހުން އެގޭ ގޮތުގައި ފޯޅަވަހި އަތޮޅުތަކާއި ރައްތަކަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ބަޔެއް އެތަން ހޯދާ ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރެއަށް ވެއްދުމަކީ ދިވެހި އަސްކަރިއްޔާގެ މައްޗަށް ޝަރުޢީ ގޮތުންނާއި ޤާނޫނީގޮތުން ލާޒިމްވާ ބޮޑު ވާޖިބެއް ! ސިޔާސީ ޕާޓީތަކުންވެސް އަދި ރައްޔިތުންވެސް މިކަންކުރަން ޖެހޭ !

  3. ދިސްވޭ

    އުމަރަށް ދޭންވީއޭ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަން ރައީސް ޔާމީން ސަލާމަތް ނުވާނަމަ އުމަރު ގެންގުޅޭނީ ރައީސް ޔާމީން ގެންގުޅޭ ފަދަ ހަރުކަށި އުސޫލު ތަކޭ އެއިރުންނޭ ރާއްޖެ ތަރައްގީ ވާނީ ރާއްޖެތެރޭގައި މީހުން ދިިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގަިއ 35 ހާސް ނުހިމެނޭ ރަށްތައް ޖެހޭނީ ފަޅު ކޮށްލަން އެރަށް ތަކުގެ މީހުންނަށް މާލެ ސަރަހައްދުގެ ފުށިދިއްގަރު ފަޅު ހިއްކާ ގޯތި ހިލޭދޭނީއޭ އެއިރުން ވެސް ގައުމަށް މާބޮޑަށް ފައިދާ ވާނެއޭ…