ޝެހެނާޒާއި ރައްޓެހިވެގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ރާގަވް ރައްދު ދީފި!

ޓީވީތަރިން ކަމުގައިވާ ޝެހެނާޒް ގިލް އާއި ރާގަވް ޖުއެލް ރައްޓެހިވެގެން އުޅޭކަމަށް ފެތުރެމުންދާ ވާހަކަތަކަށް އެންމެފަހުން ރާގަވް ރައްދު ދީފިއެވެ.
"ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ރާގަވް ވަނީ އެ އެންމެން ވެސް ދައްކަމުން އަންނަ ވާހަކަތަކަކީ ބޭކާރު ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް އޭނާ އާއި ޝެހެނާޒްއަކީ ހަމައެކަނި ގާތް ރަހުމަތްތެރިން ކަމަށް ބުނެފައެވެ. ރާގަވް ބުނިގޮތުގައި އެކަމަށް އޭނާއަށް "ވަގުތެއް" ނެތެވެ.
ޝެހެނާޒް އާއި ކާމިޔާބު ޓީވީތަރި ސިދާތު ޝުކްލާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފައިވަނިކޮށް ސިދާރތުވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ. ސިދާތު މަރުވެފައިވަނީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުއެވެ.
ސިދާތުގެ ވަކިވުމަށްފަހު ޝެހެނާޒު އަދިވެސް އިތުރު މީހަކާއި ގުޅިފައިނުވާކަމަށް އަޑު ފެތުރިފައިވާއިރު، އޭނާގެ ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް ނުވަތަ "މޫވް އޮން"ކުރުމަށް ސަލްމާން ޚާންވެސް ވަނީ ޝެހެނާޒަށް ނަސޭހަތް ދީފައެވެ.