ޚަބަރު ސިޔާސީ

ހުޅުމާލެ މާސްޓާ ޕްލޭނަށް ބަދަލުގެނައީ ތާއީދު ނެތުމުން: އަމްރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންތިހާބަށް މިހާ ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް ހުޅުމާލޭ މާސްޓަރ ޕްލޭނަށް ބަދަލުގެނެސް ގޯތި ދިނުމަށް ނިންމުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއިދު އެއްވެސް ވަރަކަށް ނެތްކަން ހާމަވާކަމެއްކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަމްރު މިއަދު ވިދާޅުވީ ރަށެއް އާބާދުކުރާއިރު އެރަށެއްގައި ދިރިއުޅޭ މީހުންނަށް އާމްދަނީ ލިބޭނެ ފުރުސަތު ހޯދޭނެ ޖާގަ ކަނޑައެޅިފައި އޮންނަން ވާނެކަމަށާއި އިންތިހާބަށް 4 މަހަށް ވުމުން މުޅި ހުޅުމާލޭ ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ހޯދުމަށް ޕްލޭން ކޮށްފައިއޮތް ފުރުސަތު ގެއްލުވާލަން ސަރުކާރުން ނިންމާފައިވާކަމަށެވެ.

"މިއަދު ކުއްލިއަކަށް ސަރުކާރުން މިވަނީ ހުޅުމާލެއަށް ހަދާފައިވާ ދިގު ރާސްތާ ޕްލޭންގައިވާ ކުރޫސްލައިން ޓާމިނަލް ހަދަން އޮތް ސަރަހައްދު ހިއްކާ ގޯތި ދޭން ނިންމާފައެވެ. ގޯތިގެދޮރު ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދޭންވާނެއެވެ. ނަމަވެސް އެ ގޯތިގެދޮރުގައި އުޅޭ މީހުންނަށް އާމްދަނީ ލިބޭނެ މަގު ބަންދުކުރުމަކީ ރައްޔިތުންނަށް ހިދުމަތް ދޭން އޮންނަ ސަރުކާރަކުން ކުރާނެކަމެއް ނޫނެވެ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކުރޫޒް ޝިޕަކުން ރާއްޖެއަށް އެތައް ހާސް ފަތުރުވެރިންނެއް އަންނަ ކަމަށާއި ނަމަވެސް މާލެ އަދި ހުޅުމާލެއަށް ކުރޫޒް ޝިޕްތަކަށް ކައިރި ނުކުރެވޭތީ އެބޯޓުތަކުން މާލެއަށް ފައިބަނީ ވަރަށް މަދު ބައެއް ކަމަށެވެ.

"ހުޅުމާލެއަށް ކުރޫޒް ޝިޕް ބަނދަރު ކުރެވޭނެ ޓާމިނަލެއް އޮވެއްޖެނަމަ ރާއްޖެއަށް އަންނަ ކުރޫސް ޝިޕްތައް އިތުރުވެ އޭގެން އަންނަ އެތަށް ހާސް ފަތުރުވެރިންނެ ހުޅުމާލެއަށް ފައިބާނެއެވެ. އެފަތުރުވެރިނަށް އެކި ކަހަލަ ހިދުމަތްތައް ދިނުމަށްޓަކައި އެކި ކަހަލަ ވިޔަފާރިތައް އުފެދިގެން ދާނެއެވެ. އެކަމުގެ ސަބަބުން ވަޒީފާތައް އުފެދި އާމްދަނީ އިތުރުވެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ވެގެން ދާނެއެވެ." އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަސް އަހަރު ވާއިރު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވުމުން އިންތިޚާބަށް ހަތަރު މަހަށް ވުމުން މުޅި ހުޅުމާލެ ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ހޯދުމަށް ޕްލޭންކޮށްފަ އޮތް ފުރުސަތު ގެއްލުވާލަން ނިންމިކަމަކީ ސަރުކާރަށް ރައްޔިތުންގެ ތާއިދު އެއްވެސް ވަރަކަށް ނެތްކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

Ads by Ooredoo
  1. ޖަމިއްޔާ

    ކަލޭ ކަހަލަ ގަމާރެއް މަދުވާނެ އިނގޭ އަމްރު!
    ފުރަތަމަ ބޯހިޔާވަހިކަން. އޭގެފަހުގަ އާމްދަނީ…. ސާފުތަ؟ ކަނޑުކޮސް ވިޔަސް ތަންފުކެއް ބޮޑުވަރު ތިޔައީ!
    ބަލަ އެތަން ހިއްކައިގެން އާންމުންނަށް ބޯހިޔާވަހިކަން ފަހިވީމާ ކަލޭ ޑީލް ހަދައިގެން ވިއްކަމުންދާ ފުލެޓުތަކާއި އަޅަން ނިންމާފައިހުރި ފުލެޓުތަކުގެ މާކެޓް ވެލިއު ދަށްވާނެތީ އެކަމާ އެއްނު ތިއުޅެނީ…

  2. ބޯހިޔާ

    ހަދާނެ ނަހަދާނެ ނޭގިގެން ތެޅިފޮޅެނީ

  3. ބޯހީ

    ކޮން ކުރޫޒް ޝިޕެއްތަ! ކަލޭ އޮއެބަލަ އެ ބޮލުގަ އަޅައިގެން! އަހަރެމެން ވޯޓް ދޭނީ ބޯހިޔާވެހިކަން ހޯދަދޭ މީހަކަށް!! ސާފުވެއްޖެތަ؟