2012 ވަނަ އަހަރު ވާލުގެ ބޮޑުކަމުދާ ތަކެތިން ކޮވިޑް-19 ފެނިފައިވޭ : ސައިންސްވެރިން
2012 ވަނަ އަހަރުގެ ތެރޭގައި ވާލުގެ ބޮޑުކަމުދާ ތަކެތިން ކޮރޯނާ ވައިރަސް ކަމަށް ބެލެވޭ ވައިރަހެއް ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ޗައިނާ ސައިންސްވެރިން ދާދި ފަހުން ބުނެފައިވާ ގޮތުގައި 2012 ވަނަ އަހަރު މައިން ކުރުމުގައި ހަރަކާތްތެރިވި 3 މީހަކު ކޮވިޑް19 ފަދަ ބައްޔެއް ޖެހިގެން މަރުވެފައިވެއެވެ. މި މީހުނަކީ އެ މައިން ގައި ހުރި ވާލުގެ ބޮޑުކަމުދާ ތަކެތި ސާފު ކުރުމުގައި ހަރަކާތްތެރިވި 3 މީހުން ކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މި މީހުން އެ މަސައްކަތުގައި 2 ހަފްތާ ހޭދުކޮށްފައިވެއެވެ.
މި އައު ހޯދުމާއެކު ސައިންސްވެރިން މިހާރު ގަބޫލުކުރާ ގޮތުގައި ކޮވިޑް19 އެންމެ ފުރަތަމަ ފެނިފައިވަނީ މީގެ 8 އަހަރު ކުރިން ވާލުގެ ނަޖިހުންނެވެ.
މީގެ ކުރިން ބެލެވިފައި އޮތީ ކޮވިޑް19 އެންމެ ފުރަތަމަ ފެތުރުނީ ވުހާންގައި ހުންނަ ސީފުޑް މާކެޓުން ކަމަށެވެ. ނަމަވެސް ވައިރަހުގެ ފުރަތަމަ ކޭސް އަދިވެސް ވަނީ ހޯދޭ ގޮތް ނުވެފައެވެ.