Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައު އުސޫލާއެކު ހިލޭ ފުރަތަމަ ޑިގްރީ ލިބޭނީ ހަމައެކަނި ފުލްޓައިމް ދަރިވަރުންނަށް!

އައު އުސޫލާއެކު ހިލޭ ފުރަތަމަ ޑިގްރީ ލިބޭނީ ހަމައެކަނި ފުލްޓައިމް ދަރިވަރުންނަށް!

ހަމައެކަނި ފުލްޓައިމް ދަރިވަރުންނަށް އެކަނި ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީ ލިބޭ ގޮތަށް މަތީ ތަޢުލީމު ޙާސިލު ކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވުމުގެ ފުރުސަތު ލިބޭ އުސޫލަށް ބަދަލު ގެނެސްފިއެވެ.

މި ހަފްތާގައި އާންމު ކުރި އައު އުސޫލުގައި ވާގޮތުން ފުރަތަމަ ޑިގްރީގެ ޚަރަދު ލިބޭ ދަރިވަރުންގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 50 އަހަރު ނުވާ، ރާއްޖެ ނުވަތަ ބޭރުން ފުރަތަމަ ޑިގްރީގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަ ކޮށްފައި ނުވުން ހިމެނެއެވެ.

އަދި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރަން އެދޭ ދަރިވަރަކީ ފުލްޓައިމް ދަރިވަރަކަށް ވާން ޖެހޭނެ ކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ފުރިހަމަކުރަން މިނިސްޓްރީން ދިން ލޯނެއްގެ އެއްވެސް ފައިސާއެއް ނަގާފައިވާނަމަ، ފުރަތަމަ ޑިގްރީ ހޯދުމަށްޓަކައި އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެކަމަށް މިނިސްޓްރީގެ އުސޫލުގައި ވެއެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ޚަރަދު ކުރާނީ ދަރިވަރުގެ ޕްރޮގްރާމް ފީއަށެވެ.

ސަރުކާރުން ޚަރަދު ކުރާނީ ޕްރޮގްރާމް ފީ ދިނުމަށް ކަނޑައަޅައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް އިޢުލާނުކޮށްފައިވާ ދާއިރާތަކަށް ކަނޑައަޅައިފައިވާ މިންވަރަކަށް ކަމަށް ވެސް މިނިސްޓްރީގެ އުސޫލުގައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް