ޚަބަރު ރައްޔިތުންގެ މަޖިލިސް

ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ ނެގީކީ ނޫން: އާދަމް ޝަރީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި ކަމަށް ބުނެ ޚަބަރު ފެތުރިފައިވީ ނަމަވެސް އެމައްސަލަ އަނބުރާ ނެގީކީ ނޫންކަމަށާއި އެމައްސަލައިގައި އަދި ސޮއިކުރައްވަން ބޭނުންވާ އިތުރު މެމްބަރުން ތިބުމުން އެކަންކަން ހަމަޖެއްސީކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށްފައިވަނީ އޭނާ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

"ޝާހިދުގެ މައްސަލަ ނެގީކީ ނޫން! އިތުރު މެމްބަރުން ސޮއިކުރައްވަން ބޭނުންވާތީ އެ އިންތިޒާމު ހަމަޖައްސަނީ! ބުރާސްފަތި ދުވަހު ހުށަހަޅާނަން" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޗާގޯސްގެ މައްސަލައިގައި، ރާއްޖެއިން މޮރިޝަސްއަށް ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގައި އިދިކޮޅުންވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދާފައެވެ. އެ މައްސަލަ ބަލައިގެންފައިވާކަމަށް މިއަދު މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!