ޚަބަރު ސަރުކާރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީ ގުޅިގެން ފަންޑެއް ގާއިމު ކުރުމަށް ނިންމައިފިއެވެ.

Ads by MWSC

40 މިލިއަން ޑޮލަރުގެ މިފަންޑުން ފަންޑުން އެސްއެމްއީތައް ކުރި އެރުވުމަށް ފައިސާ އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މި ފަންޑް ބަލަހައްޓާ ހިންގާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަނުން (އެސްޑީއެފްސީ) އިންނެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ސޮއިކުރި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އައިޑީބީގެ ފަރާތުން ސޮއިކުރެއްވީ އައިޑީބީގެ ރައީސް ޑރ. މުހައްމަދު އަލްޖައްސަރެވެ.

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ދެއްވުމަށް އިސްލާމިކް ފައިނޭންސްގެ އުޞޫލުތަކާ އެއްގޮތަށް ޤާއިމްކުރައްވާ މި ފަންޑުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތައް ކުރިއަރުވަން ބޭނުންވާ ފައިސާއާއި ފަންނީ އެހީތެރިކަން ދެއްވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!