މަސްދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި

ކަންނެލި މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހިމަލާ ދީފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ގދ. ތިނަދޫ ކަޅިރަވަ ދޯނިން މަހަށްދިޔަ ބަންގަލަދޭޝަށް ނިސްބަތްވާ ރައްޔިތަކަށެވެ.
މި ހާދިސާގައި އޭނާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭނާއަށް ގއ. ވިލިނގިލީ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި އޭނާގެ އަތް ވަރަށް ބޮޑަށް ވަނީ ޒަހަމު ވެފައެވެ. އަދޮ ފައިގެ އިނގިއްޔެއްވެސް ވަރަށް ބޮޑަށް ޒަހަމްވެ ލޭ ފައިބަމުން ދެއެވެ.
ރަނގަޅު ވާނެ މިޔަރަކަށް ގެއްލުމެއް ނުވެއެއްނު މިއަރު އެއީ ހިމާޔަތް ކޮށްފަވާ އެއްޗެއް އިންސާނަކު ޒަހަމްކޮށްލިޔަސް އޯކޭ ވާނެ އަދި ރަށްރަށުގެ ގޮނޑުދޮށަށް ވެއްޓޭ މީހުންވެސް ކާދުވަސް އެބަ އާދޭ