ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ 106 މީހުން، އޭގެ ތެރޭފައި 79 ދިވެހިން

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މިއަދު އިތުރު 106 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

އެޗްޕީއޭ އިން ބުނީ މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 79 ދިވެހިންނާއި، ބަންގްލަދޭޝްގެ 21 މީހަކާއި، އިންޑިއާގެ ފަސް މީހެއްގެ އިތުރުން ނޭޕާލްގެ މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،785 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2414 މީހުންނަށެވެ. އެގޮތުން 146 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3349 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 22 މީހަކު މިހާތަނަށް މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!