ޚަބަރު ސިޔާސީ

އެމްޑީޕީން ވަކިވާ މެމްބަރުންނަށްވުރެ، ގިނަ މެމްބަރުން ހޯދޭނެ: ފައްޔާޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅުމަށް، އެމްޑީޕީން ވަކިވާ މެމްބަރުންނަށްވުރެ، ގިނަ މެމްބަރުން ހޯދޭނެ ކަމަށާއި، ނަޝީދުގެ ސިޔާސީ ޕާޓީގެ ސަބަބުން "އެމްޑީޕީގެ ނަމްބަރަށް މާ ބޮޑު ބަދަލެއް" ނާާންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީން 12 މަޖިލިސް މެމްބަރުން ވަކިވުމަކީ ރިހޭ ދަތެއް ވެއްޓުން ފަދަ ކަމެއް ކަމަށާއި، އެކަން އެހެން ނުވޭތޯ، މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ޕާޓީ ދާނީ ކުރިއަށް ކަމަށާއި، މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ވަކިވެގެން، މާ ގިނަ މެމްބަރުންތަކެއްގެ ފޯމުތަކެއް ލިބިފައެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި، ހަމަ ރަނގަޅު އަދަދަކަށް ވަކިވާނެ. އެހެންނަމަވެސް އެއީ، އަޅުގަނޑުމެންގެ ކަލްކިއުލޭޝަންގަ އަޅުގަނޑުމެން ބަލަމުން އައި ނަންބަރެއް ނޫން، އަޅުގަނޑުމެންނާއެކު ތިބޭނެ ކަމަކަށެއް."

ރައީސް ނަޝީދު ފެކްޝަނުން އުފައްދާ އައު ސިޔާސީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެއެވެ. އެ ކެންޑިޑޭޓަކީ، ރައީީސް ނަޝީދު ކަމަށް ބެލެވެއެވެ.

ނަޝީދުގެ އައު ޕާޓީއާ ގުޅުމަށް އެމްޑީޕީގައި ތިބި، އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ޕާޓީން ވަކިވަމުންނެވެ.

  1. ފައްޔާޒާ ވަގުނގެ ރައީސާ ކިތަންމެ މޮޅަސް ލާހިކުކުޅަދާނައެއްނޫން ދެނެއް ތިބުނާ ވަރަށް ތި ވަގުޕާޓީއަށް މީހުން ވައްދާކަށް ޗެލެންޖު ކޮށްފަ މި ބުނީ.