ﷲ އަށް ހަމްދުހުރި، އިތުރު 141 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 141 މީހަކު ރަނގަޅު ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 141 މީހަކު ކޮވިޑް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 3،349 އަށް އަރާފައެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 106 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 79 ދިވެހިންނާއި، ބަންގްލަދޭޝްގެ 21 މީހަކާއި، އިންޑިއާގެ ފަސް މީހެއްގެ އިތުރުން ނޭޕާލްގެ މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،785 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2414 މީހުންނަށެވެ. އެގޮތުން 146 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މި ބަލީގައި ރާއްޖެއިން ވަނީ 22 މީހަކު މިހާތަނަށް މަރުވެފައެވެ.