އެންމެ ވަރުގަދަ މީހާއަކީ ރުޅި އަންނަހިނދު, ނަފްސު ކޮންޓްރޯލް ކުރާ މީހާ: ޚުތުބާ

އެންމެ ވަރުގަދަ މީހާއަކީ ރުޅި އަންނަހިނދު, ނަފްސު ކޮންޓްރޯލް ކުރާ މީހާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ރުޅިމަޑުކުރުމުގެ ޖަޒާއަކީ ސުވަރުގެ" މިއެވެ.
ޚުތުބާގައި ބުނެފައި ވަނީ މިއަދު އަހަރެމެންގެ ތެރެއިން, ރުޅި މަޑުކުރުމުގެ ރީތި ނަމޫނާތައް ފެންނަމުން ނުދާ ކަމަށެވެ. އަދި ފެންނަމުންދަނީ ބަދަލުހިފުމުގެ ރޫހު ކަމަށާއި އެންމެ ވަރުގަދަ މީހާއަކީ ހިފާ ބަލިކުރާ މީހާ ނޫން ކަމަށެވެ.
އަދި ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އުނގުރުތަކެއް ކަމަށާއި މިއަދު އިންސާނާ ކުރާ އަމަލުތަކަށް ގިޔާމަތް ދުވަހުން ޖަވާނުދާރީ ވާން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ. މީގެ އިތުރުން ތަޤްވާވެރިންނަކީ މަތިވެރި މަގާމެއް ލިިބިފައިވާ ބައެއް ކަމަށާއި އެކުވެރި ކަމާއި އަވަށްޓެރި ކަމުގައި ކޯފާ އިސްކޮށްގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.