ޚަބަރު ދުނިޔެ

ޖަޕާާން ފަހަތަށް ޖައްސައިލައި، އެންމެ ގިނަ ކާރު އެކްް‘ޕޯޓު ކުރި ޤައުމަކަށް ޗައިނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ގިނައިން ކާރު އެކްސްޕޯޓްކުރާ ޤައުމަށް ޗައިނާ ވެފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

Ads by Hajj Corporation
Ads by WAMCO

ފާއިތުވި ހަފުތާގައި އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި މުއްދަތުގައި ޗައިނާއިން 1.07 މިލިއަން ވެހިކަލް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 58 އިންސައްތަ އިތުރު އަދަދެކެވެ.

އަދި ޖަޕާނުގެ ވެހިކަލް އެކްސްޕޯޓް ކުރި މިންވަރު ހުރީ، 954،185ގައެވެ.

ޗައިނާގެ އެކްސްޕޯޓް އިތުރުވީ އިލެކްޓްރިކް ކާރުތަކަށް އޮތް ޑިމާންޑު އިތުރުވެ، ރަޝިއާއަށް ވިއްކައިލި ކާރުގެ އަދަދު އިތުރު ވުމުންނެވެ.

މިދިޔަ އަހަރު ޗައިނާ އިން ވަނީ ޖަރުމަނު ފަހަތަށް ޖައްސާލައި ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ކާރު އެކްސްޕޯޓްކުރާ ޤައުމަށް ވެފައެވެ.

ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ޗައިނާއިން 3.2 މިލިއަން ވެހިކަލް އެކްސްޕޯޓްކޮށްފައިވާއިރު، ޖަރުމަނުވިލާތުން އެކްސްޕޯޓްކޮށްފައިވަނީ 2.6 މިލިއަން ވެހިކަލްއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!