ބޮލީވުޑް މުނިފޫހިފިލުވުން

ޖާންވީ ފްލައިޓަށް އަރަން ދިޔައީ ބާލީހެއް ހިފައިގެން، މަލާމާތް ރައްދުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑް ބަތަލާ ޖާންވީ ކަޕޫރު

ބޮލީވުޑް ބަތަލާ ޖާންވީ ކަޕޫރު ފްލައިޓަށް އަރަން އެއާޕޯޓަށް ދިޔައިރު ބާލީހެއް ހިފައިގެން ދިޔުމުން އޭނާއަށް މަލާމާތް ރައްދުވެއްޖެއެވެ.

އިއްޔެ ޖާންވީ ފުރަން ދިޔައިރު ހުދު ކުލައިގެ ބާލީހެއް އަތުގައި އޮތެވެ. މިމަންޒަރުތައް އިންޑިއާގެ މީޑިއާތަކުން ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައެވެ. މިއާއެކު އެތައް ބަޔަކު ޖާންވީއަށް ފާޑުކިޔަން ފެށިއެވެ.

އާންމު ގޮތެއްގައި ބޮލީވުޑް ބަތަލާއިން ދަތުރު ކުރަނީ ފަސްޓް ކްލާސްގައެވެ.

އެކްލާސްގައި ދަތުރު ކުރާއިރު ބާލީހާއި އެނޫންވެސް ބައެއް ތަކެތި އެއާލައިނުން ފޯރުކޮށްދޭނެއެވެ. ގިނަ ބަޔަކު ފާޑުކިޔަން ފެށީ ފަސްޓް ކްލާސްގައި ދަތުރު ކުރާއިރުވެސް ޖާންވީ ބާލީސް ހިފައިގެން ފްލައިޓަށް އަރަން ދިޔުމުންނެވެ.

ޖާންވީއަކީ އަބަދުވެސް ސޯޝަލް މީޑިއާގައި މަލާމާތް ރައްދުވާ ތަރި އެކެވެ. އޭނާގެ އިންޓަވިއުތަކުގައި ދައްކާ ވާހަކަތަކަށްވެސް ސޯޝަލް މީޑިއާގައި ޖޯކު ޖަހައެވެ. ހާއްސަކޮށް ތުންފަތް ބޮޑުކުރަން ޖާންވީ ހެދި ސާޖަރީއަށްފަހު ފާޑުކިޔުން އަމާޒުވާލެއް އިތުރުވިއެވެ.

ޖާންވީ މިފަހަރު ޗުއްޓީ ހޭދަކުރަން ދިޔައީ ކޮން ތާކަށްކަމެއް އަދި ސާފެއް ނުވެއެވެ. އޭނާއަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

ޖާންވީގެ އެންމެ ފަހުން ފެނުނީ ނެޓްފްލިކްސްގައި ރިލީޒް ކުރި "މިލީ" އެވެ. މިފިލްމުގައި އޭނާގެ އެކްޓިންއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ޖާންވީއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑިންގް އެއް ބަތަލާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!