ޚަބަރު ރައްޔިތުންގެ މަޖިލިސް

ތިލަމާލެ ބްރިޖް މަސައްކަތުގައި ލަސްކަމެއް އެބަހުރި: އަސްލަމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

(ތިލަމާލެ) ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ލަސްތަކެއް އެބަ ހުރި ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ލަސްތަކެއްހުރި ނަމަވެސް ކޮންމެވެސް މިންވަރެއް "ކެޗް އަޕް" ކުރެވޭނެކަމަށެވެ.

"މާލޭން ތިލަފުއްޓަށް އަޅާ ބުރިޖުގެ މަސައްކަތުގެ ކޮންޓްރެކްޓް މިހާރުވެސް އިން މުއްދަތުގެ ތެރޭގައި އިތުރު ޓައިމް އެކްސްޓެންޝަނެއް އަޅުގަނޑުމެން ނުއެއް ދެން ކޮންޓްރެކްޓާގެ މަސައްކަތުގެ ޝެޑިއުލަށް ބަލާފައި އެބަހުރި ޑިލޭސް މިހާތަނަށް އަންނަންވާ ހިސާބަކަށް ނޫން އައިސްފައި ހުރީކީއެއް އޭގެ ތެރެއިން ކޮންމެވެސް މިންވަރަކަށް ކެޗް އަޕް ކުރެވޭ މަސައްކަތުގެ ދެން ތަފްސީލުތައް އަޅުގަނޑަށް އެނގޭ އެހެންނަމަވެސް އެހުރިހާ ވާހަކައެއް ނުދައްކާ ކެޗްއަޕް ކުރެވޭނެ ކޮންމެވެސް މިންވަރަކަށް" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގުޅީފަޅުގައި ކާސްޓިން ޔާޑުގައި މިހާރު އެބަ ޑެކް ސެކްޝަންތައްވެސް ހަދަމުން ގެންދާކަމަށާއި މި ބްރިޖު އަޅަމުން ގެންދާނީ ކުރީގައި ފެނުނު ބްރިޖާ އެއްގޮތަށް ނޫންކަމަށެވެ.

"ޓެމްޕްރަރީ ޕްލެޓްފޯމެއް ހަދާފަ، ދެން އަސްލު ބްރިޖު އަޅަނީކީ ނޫން. ޖަހަމުންދާ ތަނބުތަކަކީ އަސްލު ހުންނާނެ ތަނބުތައް. އޭގެ ތެރެއިން ދެ ތަނބު ނޫނިއްޔާ، އެންމެ ފުރަތަމަ ޖެހި ދެ ތަނބެއް އެއީ ޓެސްޓް، ޓްރައިލަށް ޖެހި ދެ ތަނބު، ދެން ހަމަ ޖަހަމުން އެ ގެންދަނީ އަސްލު ޖަހާ ތަނބުތައް،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެވެސް ވަރެއްގެ ލަސްވުމެއް އުޅޭކަމަށް ގަބޫލު ކުރައްވާކަމަށާއި އެހެންނަމަވެސް މަސައްކަތް ކުރިއަށް އެބަ ދާކަމަށެވެ.

Ads by Allied Insurance
  1. ދޮންއާދަމްބޭ.

    ދިވެހިމުޖުތަމަޢާ ނުގުޅޭވަރުގެ ފޮނިކަމެއް ހުންނަމީހެއް މިއީ.؟މަސައްކަތަށް މަކަރު ކާންބަހީނ….