ޚަބަރު

ޝާކިރު ސަރގެ ކުއްލި ވަކިވުން، އަޙުމަދިއްޔާގެ ހުރިހައި ދަރިވަރުންނަށް ލިބުނު ޝޮކެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޑެޕިއުޓީ ޑިރެކްޓަރ އިބްރާހިމް ޝާކިރު (ޝާކިރު ސަރ) ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެއެވެ.

ޝާކިރަކީ އަޙުމަދިއްޔާގެ މުދައްރިސެއް ނޫންނަމަވެސް އަޙުމަދިއްޔާ ހުރިހައި، ދަރިވަރުންގެ މެދުގައި އޭނާގެ ނަން މަޝްހޫރުވަނީ ޝާކިރު ސަރގެ ނަމުންނެވެ.

ޝާކިރު ސަރގެ ކުއްލި ވަކިވުމާއެކު ދަރިވަރުންނަށް ޚާއްސަކޮށް އިސް ދަރިވަރުންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝާކިރު ސަރ ރޭ ނިޔާވިއިރު، އިއްޔެ ވަނީ އަޙުމަދިއްޔާ ސްކޫލުގެ ދަރިވަރުންނާއިއެކު ދަތުރެއްވެސް ގޮސްފައެވެ. އަދި ރޭ ބޮލުގައި ރިއްސާ އުދަނގޫތަކެއް ވާކަމަށް އަންހެނުން ކައިރީގައި ޝާކިރު ސަރ ވަނީ ވިދާޅުވެފައެވެ.

ޝާކިރު ސަރ ހަރަކާތްތައް ހުއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީ 3:30 ހާއިރުކަމަށާއި، ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލަދީ، ސްކޫލުންވަނީ ބުނެފައެވެ.

ޝާކިރު ސަރގެ ކުއްލި ވަކިވުމާއެކު ސުކޫލުގެ ދަރިވަރުނަށާއި މުވައްޒަފުންނަށް ވަނީ ކުއްލި ސިހުމާއި ފުން ހިތާމައެއް ލިބިފައެވެ.

"މިއީ އަޅުގަނޑު އަޙްމަދިއްޔާގައި ހޭދަކުރި ތިން އަހަރު ހަނދާންތަކެއް ހިއްސާކުރާ ބޭފުޅެކެވެ. އަހްމަދިއްޔާގެ ފުޓުބޯޅަ ޓީމުތައް މެނޭޖްކުރެއްވުމުގައި މަސައްކަތް ކުރެއްވިއެވެ. އަބަދުވެސް ވާހަކަ ދައްކަވަނީ ހިތްހެޔޮކަމާއެކުގައެވެ. ހިނިތުންވެ ސަމާސާކުރައްވައެވެ. ސްކޫލް ނިންމި ފަހުން ވެސް އަހްމަދިއްޔާ ސްކޫލަށް ދާ ކޮންމެ ފަހަރަކު ބައްދަލުވުމުން ވާހަކަ ދައްކަވާ ސަމާސާ ކުރައްވައެވެ. އެކަމަކު މިއަދުގެ މި ހިތްފަސޭހަ ހެނދުނަށް ނުތަނަވަސްކަން ގެނުވި ޚަބަރަކީ ޝާކިރު ސަރގެ މަރުގެ ޚަބަރެވެ." އަޙްމަދިއްޔާއިން ކިޔެވި ނޫސްވެރިއަކު ބުނެފައިވެއެވެ.

"ޝާކިރު ސަރ ނިޔާވި ޚަބަރު އިވިފަ ހަމަ ލިބުނީ ކުއްލި ޝޮކެއް. ހަމަ ޤަބޫލު ނުކުރެވޭ. ހިތަށް އުނދަގޫވީ ސުކޫލަށް ދާ ކޮންމެ ފަހަރަކު ދިމާވާނެ.. އަބަދު ހެވިފަ ހުންނާނީ" އިތުރު ދަރިވަރަކު ބުނެފައިވެއެވެ.

ޝާކިރު ސަރ ފާހަގަވެފައިވަނީ ދަރިވަރުންނާއި ގުޅޭ ވަރަށް ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. ޝާކިރު ސަރގެ ކުއްލި ވަކިވުމަކީ ހަމަގައިމުވެސް ވަރަށް ހިތްދަތިކަމެއްކަމަށް އެސުކޫލުގެ ގިނަ ދަރިވަރުން ވަނީ ބުނެފައެވެ.

46 އަހަރުގެ ޝާކިރު ސަރ އަކީ އަޙްމަދިއްޔާއިން ސާނަވީ ތަޢުލީމް ނިންމެވުމަށްފަހު އިޚްލާސްތެރިކަމާއެކު ސްކޫލަށް ޚިދުމަތްކުރެއްވުމުގައި މެދުނުކެނޑި 26 އަހަރު ހޭދަކުރައްވައި ސްކޫލުގެ ވެރިންނާއި މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާއި މުޅި އަހުމަދިއްޔާ އާއިލާގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ލާމަސީލު ޚިދުމަތްތެރިއެއް ކަމަށް އަހުމަދިއްޔާ އިން ބުނެފައިވެއެވެ.

ޝާކިރު ސަރ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހުގައެވެ.

Ads by Ooredoo
  1. މަރުހޫމާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީނިއުމަތް މިންވަރުކުރއްވާށި، އާއިލާއަށް ކެތްތެރިކަން ދެއްވާށި، އާމީން.