ޚަބަރު ސިޔާސީ

ޕާޓީ އުވައިލަން ނިންމީ ޤާނޫނާއި ޚިލާފަށް: ފާރިސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވައިލަން މިއަދު އިލެކްޝަން ކޮމިޝަނުން ނިންމީ ޤާނޫނާއި ޚިލާފަށް ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޤާނޫނޫގައި ބުނާ އަދަދަށް މެމްބަރުން ހަމަކުރުމަށް އެދި، ދެ ނޯޓިސް ދިނުމަށްފަހު އެ އަދަދަށް މެމްބަރުން ހަމަނުވުމުން އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމެވީ، މިއަދުއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފާރިސް ވިދާޅުވީ މިއީ ފައިސާއާއި ކޮރަޕްޝަނުގެ ނުފޫޒު ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް ކަމަށާއި މީގެން ދައްކައިދެނީ ރާއްޖޭގައި ކޮރަޕްޝަނަކީ އާއްމު އެއްޗަކަށް ވެފައިވާ މިންވަރުކަމަށެވެ.

ފާރިސް ވަނީ މި ދަނޑިވަޅު މެމްބަރުން ހަމަޖެހިގެން ތިއްބެވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ޤާނޫނާއި ޚިލާފު ކަންކަމާއި ކުރިމަތިލުމަށް ޕާޓީގެ ލީޑަރޝިޕަށް އެހީތެރިވުމަށް މެމްބަރުންގެ ކިބައިން އެދޭކަމަށް ވިދާޅުވެފައެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.

އެމްއާރުއެމް އުވައިލަން ނިންމާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމުގެ އަޑުތައްވެސް ފެތުރިފައި ވަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!