ޚަބަރު ސިޔާސީ

ރައީސް މައުމޫންގެ 30 އަހަރު މާ ރަނގަޅު ކަމަށް މިއަދު ގިނަ ބަޔަކު ގަބޫލުކުރޭ: ނާދިރާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް މައުމޫންގެ 30 އަހަރު މާ ރަނގަޅު ކަމަށް މިއަދު ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރްއެމް) ގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކުރުމަށް އެދި, ދެ ނޯޓިސް ދިނުމަށްފަހު އެ އަދަދަށް މެމްބަރުން ހަމަނުވުމުން އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން އެމްއާރްއެމުން މިހާރު ބާއްވަމުންގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނާދިރާ ވިދާޅުވީ މިކަމަކީ ސިޔާސީ ގޮތުން ވަރަށް ކުރިން ފެށިގެން ރޭވިގެން ހިނގައިގެން އުޅޭ ކަމެއް ކަމަށެވެ.

އަދި އިލެކްޝަން ކޮމިޝަނަކީ މިނިވަން ތަނެއްގެ ގޮތުގައި މިހާރު ގަބޫލު ނުކުރެވޭ ކަމަށާއި މި މަންޒަރަކީ 2018 ވަނަ އަހަރުވެސް ފެނިގެންގޮސްފައިވާ މަންޒަރެއް ކަމަށް ނާދިރާ ވިދާޅުވިއެވެ. ނާދިރާ ވިދާާޅުވީ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރި ނަމަވެސް އެއްވެސް ކަމެއް އިލެކްޝަން ކޮމިޝަނުން ރަނގަޅުކޮށްފައިނުވާ ކަމަށެވެ.

އަދި ޕާޓީ އުވާލުމަކުން ކުރާ މަސައްކަތަށް ކުޑަ ނަމަވެސް ބަދަލެއް ނާންނާނެ ކަމަށާއި 2018 ވަނަ އަހަރު ވެރިކަން ބަދަލުކުރީ ކަންތައްތައް ރަނގަޅު ކުރުމަށް ކަމަށް ނާދިރާ ވިދާޅުވިއެވެ. ނަމަވެސް އެ މަންޒަރު ފެނިގެންނުދާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

"އެއީ ސިޔާސީ މަގުސަދެއްގަ ކުރި ކަމެއްކަން އަޅުގަނޑު ހަމަ ހަގީގަތުގަވެސް ގަބޫލުކުރަން. ސިޔާސީ ބޭނުންތަކެއް އެބަހުރި އޭގެ ތެރޭގަ. ގިނަ ބަޔަކު ގަބޫލުކުރޭ އާން އެއްކަލަ ރައީސް މައުމޫންގެ 30 އަހަރު މި ގެންދިޔަ ގޮތް މާ ރަނގަޅު ކަމަށް. ވަރަށް ގިނަ ބައެއްގެ ދުލުން ދައްކާ ވާހަކައެއް މިއީ" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ އެމްއާރްއެމުން ނިކުމެ ތިބީ ކަންތައްތައް އިސްލާހު ކުރުމަށް ކަމަށާއި ގިނަ މީހުންގެ މައްސަކަތާއި އެކުވެސް އެކަން ކުރާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ވިޒިޓަރ

    ދެރަކަމަކީ ތި ބުނާ ގިނަ ބައެއްގެ އަދަދު 3000 ވެސް ހަމަ ނުވާކަން.
    މައުމޫނުގެ 30 އަހަރު ރަނގަޅުކަމަށް ބުނާ ތިބުނާހާ ގިނަ ބަޔަކު ތިބިނަމަ 3000 ފޯރމް ފުރާލާފަ ލާންވީ ނޫންތޯ؟

  2. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި އަމިއްލަ އެދުން ބޮޑު މަހާ ޗޯރުން މިވަނީ މިރާއްޖޭގައި ޕާޓީ ނިޒާމް ފެއިލް ކޮށް ރައްޔިތުން ފޫހިކޮށްފައި، ރައްޔިތުން ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކެއް، ރައްޔިތުން ބޭނުންވަނީ ކެއުން ބުއިން އުނުފޭރާން ބޯހިޔާވަހިކަން ! އެއްވެސް ސިޔާސީ ޕާޓީއަކަށް އެންމެ ފުރިހަމަ ގޮތުގައި މިކަންކަން ފޯރުކޮށެއް ނުދެވުނު ! ބޮޑުތަނުން ސިޔާސީ މީހުން ވަނީ ފެއިލްވެފައި !

  3. ނާދިރާ

    ދެންދާންޖެހޭނީ މަހައް! ކޮބާ ތިޔަވިދާޅުވާ މީހުންގަނޱު

  4. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި އަމިއްލަ އެދުން ބޮޑު މީހުން މިވަނީ މިރާއްޖޭގައި ޕާޓީ ނިޒާމް ފެއިލް ކޮށް ރައްޔިތުން ފޫހިކޮށްފައި، ރައްޔިތުން ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކެއް، ރައްޔިތުން ބޭނުންވަނީ ކެއުން ބުއިން އުނުފޭރާން ބޯހިޔާވަހިކަން ! އެއްވެސް ސިޔާސީ ޕާޓީއަކަށް އެންމެ ފުރިހަމަ ގޮތުގައި މިކަންކަން ފޯރުކޮށެއް ނުދެވުނު ! ބޮޑުތަނުން ސިޔާސީ މީހުން ވަނީ ފެއިލްވެފައި !

  5. ވަރަބިންދާލި ކޮތަރު

    އެމީހަކު ފޭހުނު އިލޮށިގަޑެއް ހެރެނީއެމީހެއްގެ ލޮލަށް . . މިއަދު އެވާހަކައެއް ދައްކާއިރު ދެއްކި ބަޔަކު އެއްޗެކޭކިޔާހެންވެސް ހީނުވި .