ޚަބަރު

އެމްއާރުއެމް އުވާލުމާ ދެކޮޅަށް ޑިމޮކްރެޓްސް; ގިނަ ސިޔާސީ ވިސްނުން ތަކަށް ޖާގަ އޮންނަން ވާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ, މޯލްޑިވްސް ރިފޯމް މޫވްމެންޓް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް, ދަ ޑިމޮކްރެޓްސް އިން ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު “ދެން”އާ ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ, އެމްއާރުއެމް އުވާލަން ނިންމި ނިންމުމާމެދު އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

“އަޅުގަނޑުމެންގެ އެދުމަކީ ހުރިހާ ޕާޓީއަކަށް ވެސް ފުރުސަތު ލިބުން. ކުޑަ ޕާޓީއެއް ވެސް ބޮޑު ޕާޓީއެއް ވެސް ސިޔާސީ މަސައްކަތް ކުރުމަށް ފުރުސަތު ލިބުން” އެމްއާރުއެމް އުވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޑިމޮކްރެޓްސް އިން ޤަބޫލު ނުކުރާ ކަމަށް ވިދާޅުވަމުން, އަފްޝަން ވިދާޅުވިއެވެ.

އެމްއާރުއެމް އުވާލަން އިލެކްޝަނުން ނިންމާފައިވަނީ ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުހުލަތުގައި އެކަން ނުކުރެވުމުންނެވެ. އެމްއާރުއެމްއިން ބުނެފައިވަނީ ޕާޓީ އުވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި, ޕާޓީ އުވާލިއިރު ޕްރޮސެސްނުވެ ފޯމް ހުރި ކަމަށެވެ.

އެމްއާރުއެމްގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން އަފްޝަން އިިތުރަށް ވިދާޅުވީ, އިލެކްޝަން ކޮމިޝަނުން ބަލަންވާނީ ވީހާ ވެސް ގިނަ ޕާޓީތަކަށް ފުރުސަތު ދެވޭ ގޮތަކަށް ކަންތައް ކުރެވޭތޯ, ކަމަށާއި މަޝްވަރާއަކާ ނުލާ އެމްއާރުއެމް އުވާލުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި އެމްއާރުއެމް ސިޔާސީ ހަރަކާތުގައި އޮތުމުން, އިތުރު ބުރައަކަށް ނުވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

”މިސާލަކަށް ދިހަ ހާސް މެންބަރުން ހަމަނުވައްޏާ ދައުލަތުން ކުރައްވަން ޖެހޭ ޚަރަދެއް ވެސް ނޯންނާނެ. ބާންޑަން އެއް ނޫން. ސިޔާސީ ފުރުސަތެއް އެއީ.” އަފްޝަން ވިދާޅުވިއެވެ.

  1. އަލިހޮއްކޮ

    ތިޔައީ ވަރަށް ގުޅޭ ދެ ޕާރޓީއެވެ. ފެއިލްވެފައި ތިބި ނަގައިގަތް ކަތީބުންގެ ދެޕާރޓީއެވެ. ދޭތެރެދޭރެއިން 3000 ހަމަ ނުވާނެ އަނެއް ޕާރޓީއެވެ.

  2. ޢަބްދު

    ދެން ކީއްވެޔޯ އެގޮތަށް ގާނޫނު ހަދައިގެން މި ހުރިހާ އިރު އުޅުނީ

  3. މުރައްބީ

    އަފްޝަން ގެ އެދޭތި ދޭތެރެއިން ވެސް ޖާގަ އޮންނަންވާނެ! މުރަނގަގަސްދޮށު މާލަމީއެއް އަންނި ބުނާހާގޮތަކަށް އަރިޔަކަށް އޮންނަން ބުންޏަސް މިމަންޖެ އޮވޭ!