ޚަބަރު ސިޔާސީ

އިސްތިއުނަާފު އަޑުއެހުންތައް ތާވަލު ނުކުރުމަކީ ރައީސް ޔާމީނަށް ދޭ ބޮޑު އަނިޔާއެއް: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް ޔާމީން އަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ތާވަލު ނުކުރުމަކީ، އެމަނިކުފާނަށް ދެމުން އަންނަ ބޮޑު އަނިޔާއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ ފަރާާތްޕުޅުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ފެށުން ލަސްވާތީ، އެކަމުގެ ކަންބޮޑުވުމާއެކު، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، މިއަދު ވެސް ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ.

ހައިކޯޓު ކުރިމަތީގައި ހުންނަވައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލަށްލި މައްސަލަ އިސްތިއުނާފު ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 23ގައި ކަމަށާއި މިހައި ދުވަސްވެގެންދާއިރު މައްސަލަ ތާވަލު ނުކުރާތީ ތަކުރާރުކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ.

ޝިޔާމް ވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖޭއެސްސީ މެދުވެރިކޮށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ފަނޑިޔާރުންނަށް ޖޭއެސްސީން ނުފޫޒު ފޯރުވާކަން ވަރަށް ސާފުކޮށް އެބަ އެނގޭ. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަން އެކަން އެގޮތަށް ނުކުރުމަށް.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ އެންމެ ފަރުދެއް ނޫން ކަމަށާއި އެމަނިކުފާާނަށް ތާއީދު ކުރާ އެތައް ހާސް ރައްޔިތުން އެބަތިބި ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!