ދީން

ގޭގެ މާޙައުލު އުފާވެރި ތަނަކަށް ހެދޭނީ އެކަކު އަނެކަކަށް ރަޙުމް ކޮށްގެން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގޭގެ މާޙައުލު އުފާވެރި ތަނަކަށް ހެދޭނީ އެކަކު އަނެކަކަށް ރަޙުމްކޮށް, އެކަކު އަނެކަކަށް ވަފާތެރި ވެގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "މާތްﷲ ގެ ރަޙްމަތްފުޅުގެ ތަނަވަސްކަން" މިއެވެ.

ޚުތުބާގައި ބުނެފައި ވަނީ ތިބާގެ އަހުލްބައިތުންނަށް ރަޙުމް ކުރުމުން ތިބާގެ ގެއަކީ ބާއްޖަވެރި އުފާވެރި ގެއަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި ރަނގަޅު ޖީލެއް އުފެދޭނީ ތިބާގެ ދަރިވަރުންނަށް ރަޙުމްކުރާ އެދުރަކަށް ވެގެން ކަމަށާއި ފިލާވަޅުތައް ކިޔާދޭއިރު މަޑުމައިތިރިކޮށް ކިޔާދިނުމުން އެކުދިންގެ ލޯތްބާއި ގަދަރު ތިބާއަށް ލިބިގެންދާނެ ކަމަށް ހުތުބާގައި ބުންޏެވެ. 

އަދި އަނބިމީހާއަށް ރަޙުމް ކުރަން ޖެހޭ ކަމަށާއި އޭނާގެ ހައްގުތައް އަދާކުރާ ފިރިއަކަށް ވުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ. އަނބިމީހާއަކީ ތިބާގެ ހަޔާތުގެ ބައިވެރިޔާކަން ހަނދާން ބަހެއްޓުމަށާއި އޭނާއަށް ޖިންސީ ގޯނާކޮށް ހިތުގައި ޖައްސާ ފިރިއަކަށް ނުވުމަށް ހުތުބާގައި ބުނެފައިވެއެވެ.

"ތިބާގެ ގޭގެ މާހައުލު ބާއްޖަވެރި އުފާވެރި ތަނަކަށް ވާނީ އެކަކު އަނެކަކަށް ރަޙުމް ކޮށްގެންނެވެ. އެކަކު އަނެކަކަށް ވާފާތެރިވެގެންނެވެ" ޙުތުބާގައި ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!