ޑިމޮކްރެޓްސްގެ އަލައިކާ އާއި ހަމްދާން ސިޔާސީ މަޤާމުން ވަކިކޮށްފި
![](https://dhen.mv/wp-content/uploads/2023/05/16025F00-A9AE-46CE-9117-5A2EF1C0BE64-850x548.jpeg)
ރައީސް ނަޝީދުގެ އާ ޕާޓީ، ދަ ޑިމޮކްރެޓްސް އަށް ތާއީދުކުރާ އެންވާރުމަންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު ހަމްދާނާއި، އޭނާގެ އަނބިކަނބަލުން ހޯމް މިނިސްޓްރީގެ ސީނިއާ ޕިލިސީ ޑިރެކްޓަރ އައިޝަތު އަލައިކާ އަދުނާނު ވަޒީފާއިން ވަކިކޮށްފިއެވެ.
އަލައިކާ އާއި ހަމްދާންގެ އިތުރުން ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރައްވާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ދަނީ ވަކިކުރަަމުންނެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވަނީ އެމްޑީޕީގެ ސްލޮޓްތަކުގައި ކަމަށެވެ. އަދި އެމްޑީޕީން ވެސް އެ ބޭފުޅުން ވަކި ކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމްއެމްޑީޕީން ވަކިކުރި ހިސާބުންނެވެ.
އާޒިމް ޕާޓީން ވަކިކުރީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެއިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމުންނެވެ. މިކަމާއި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ މެމްބަރުންނާ މެދުޕާޓީން ފިޔަވަޅު އެޅީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށެވެ.
ޑިމޮކްރެޓްސް އަށް 3000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ފޯޅަވައްސަ ވެރިކަން ކުރަންދޭބަލަ !