ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް ވޯޓްލާން އެމްޑީޕީން ތްރީ ލައިން ވިޕްއެއް ނެރެފި
ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަައްސަލައާ ދެކޮޅަށް ވޯޓްލާން އެމްޑީޕީން ތްރީ ލައިން ވިޕްއެއް ނެރެފިއެވެ.
13 މެމްބަރުންގެ ސޮޔާއެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިމުގެ މައްސަލައިގައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި, ރާއްޖޭގެ ވަކީލެއްގެ ގޮތުގައި ރިއްފަތު މަސައްކަތްކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު އިސްނުކޮށެވެ.
އެ މައްސަލަ މި ހަފްތާގެ ބުދަ ދުވަހުގެ ޖަލްސާ އަށް ވަނީ ތާވަލްކޮށްފައެވެ.
މސޖިލީހުގައި މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ހާސިލްވެގެންނެވެ. އެހެންކަމުން ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއިދާއެކުގައެވެ
ރިފްއަތަކީ ބޭރުކުރަންޖެހޭ މީހެއް ކޯޓް މަރުހަލާގެ ބަދަލުތައްވެސް މިސަރުކާރުން ރާވައިގެން އިހްމާލު ވެފާހުރފި ކަނަކަން އެކަންކަން އަލުން ކޯޓްތަކަށް ހުށަހަޅައިގެން ކުރިޔަށް ގެންގޮސް ބަދަލު ފަިސާހޯދަންޖެހޭނެ ފައިސާ އަބުރާ ލިބެންދެން ރިފްއަތު ޖަލުގަ ހައްޔަރުކުރަންޖެހެނެ.
ކޯޓުން ނިންމާ ބަދަލު ދީފަ ހުރި މައްސަލަތައް އަލުން ބަލަންޖެހޭނެ. ސަރުކާރު ބަދަލުވީމަ އެބަދަލު ތައް އަތުލަންޖެހޭނެ. މިކަމުގަ ބަދަލު ދީފަ ހުރީ މުޅިންވެސް ނަސީދު ހަދާފަ ހުރި ގޯސް އެއްބަސްވުމަށް ކޯޓަށް ހުށަހެޅީ ބަދަލު ދޭން ހަމަޖެއްސުމަށްފަހު ކަމަށް ތުހުމަތުވޭ. ތަހުގިގު ކޮށް އަލުން މައްސަލަތައްބަލަން ޖެހޭނެ.