ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް "ޗޯރު އިބުރޭ" ގޮވަން ބޭނުންވާނަމަ، ގޮވުމަކީ ޙައްޤެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޗެނަލް13 އިން ގެނެސްދިން "ޗޯރު އިބުރޭ" ލަވަ ދެއްކުން ހުއްޓި މައްސަލައިގައި، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ.
އީވާ ވިދާޅުވީ، ވެރިންނަށް ފާޑުކިޔުމަކީ ސިޔާސީ ހަރަކާތުގެ އެންމެ މުހިންމު ނާރެސް ކަމަށާއި، ވެރިޔާއަށް ފާޑު ކިޔައިގެން، ޗެނަލް13 ސެންސަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ޗޯރު އިބުރޭ" މިހެން ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލިއްޔޭ ކިޔާފައި، ބޮޑު ޓީވީ ޗެނަލެއް މި ސެންސަރު ކުރަނީ."
އީވާ ވަނީ، އެމްޑީޕީން ކުރީގެ ރައީީސް މައުމޫން އަބްދުލްޤައްޔޫމަށް ނިސްބަތް ކުރައްވައި، ވަނަން ކިޔާފައިވާކަން ފާހަގަކުރައްވައިފައެވެ.
" އަޅުގަނޑުމެންނަކީ، 30 އަހަރުގެ ވެރިކަމެއް، "ގޮޅާބޯ ގޮޅާބޯ" ކީކީނުން ގޮސް، އޮފު ކަނޑުވާލައިގެން، ސައިޒަށް ތިރިކޮށްގެން، ވެރިކަން ބަދަލު ކުރި ބައެއް."
މިއަދު ޝިޔާމް ހުށައެޅުއްވި މައްސަލައިގައިވަނީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއް ނެތި ހުރިހައި ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި، ޚަބަރާއި މަޢުލޫމާތާއި ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް ފޯރުކޮށްދީފައިވާކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް ހަނިކުރެވޭނެ މިންވަރާއި، އެ ޙައްޤުތައް ހަނިކުރެވޭނެ ގޮތް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށް އެ މައްސަލާގައިވަނީ ބުނެފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި އެ ޙައްޤުތައް ހަނިކޮށްފައިނުވާ ދަރަޖައަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލި ގައިޑްލައިނަކުން އެޙައްޤުތައް ހަނިކޮށް ވަކިވަކި މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަމަށް ޝިޔާމްގެ ކުއްލި މައްސަލައިގައިވެއެވެ.
އިބުރޭ ކިޔާ ކިތައްމީހުން ރާއްޖޭގަ އެބައުޅޭ ބާ؟ ޗޯރު ކިއުމުން އެއީ އެމީހަކަށް ކިޔުނު އެއްޗެއްކަމަށް ގަބޫލުކޮށްފިނަމަ ކޮންމެވެސް ކަމެއް ހިގީ ނޫންކަމަކަށް ނުވާނެ.
އީވާ ވަކިކުރުންވެސް ހައްޤު !