ޚަބަރު ސިޔާސީ

ރައީސުންނަށް ވަނަން ކިޔުން، ރައީީސް ނަޝީދަށް ގޯހެއް ނުވި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް "ޗޯރު އިބުރޭ" ކިޔުމުން، އެކަމާ ކަންބޮޑުވުމަކީ، ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައީީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޗެނަލް13 އިން ގެނެސްދިން "ޗޯރު އިބުރޭ" ލަވަ ދެއްކުން ހުއްޓި މައްސަލައިގައި، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސުންނަށް ނިސްބަތް ކުރައްވައި، މީގެ ކުރިން، "ބާޣީ ވަޙީދު" "ގޮޅާބޯ" ފަދަ ނަންތައް ބޭނުން ކުރަމުން އައި ކަމަށެވެ.

"އަޅުގަނޑުވެސް ހަނދާން ކޮށްދޭންނަން އިއްޒަތްތެރި މެމްބަރުންނަށް، ކުރީގެ ރައީީސް އިބްރާހީމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނަށް ގޮޅާބޯ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަޙީދަށް، ބާގީ ވަޙީދު، ކުރީގެ ރައީސް ޔާމީނަށް، ރާގޮނޑި ރާޖާ، މިނަންތައް އަޅުގަނޑުމެން ވަނީ، މި މަޖިލީހުގަޔާއި އެހެނިހެން ތަންތަނުގައި ކިޔައިފައި."

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، "ޗޯރު އިބުރޭ" ކިޔާ މައްސަލައިގައި ހަމައިން ނެއްޓޭވަރަށް ކަންބޮޑުވުމަކީ ޑިމޮކްރަސީގެ ރޫޙާއި ޚިލާފު ކަމެއް ކަމުގައެވެ.

Ads by Ooredoo
  1. އިއްބެ

    އިސްލާމްދީންނުދަންނަމީހާއެހެންބުނެފާނެ