18 އަހަރުގެ ކުއްޖަކު ސްޓްރޯކެއް ޖެހިގެން ނިޔާވެއްޖެ

އުމުރުން 18 އަހަރުގެ ކުއްޖަކު ސްޓްރޯކެއް ޖެހިގެން ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އައިމިނަތު ލުހާ އިމްތިޔާޒްއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ލުހާ އަކީ ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ބެޗްލަރ އޮފް ސައިކޮލޮޖީ ހާސިލްކުރަމުން ދިޔަ ދަރިވެރެކެވެ.