ދީން

ދޮގުހެދުމަކީ މީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދޮގުހެދުމަކީ މީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ތެދުބުނުމަކީ ސުވަރުގެއަށް މަގުފަހިވާ ކަމެކެވެ"މިއެވެ.

ޚުތުބާގައި ބުނެފައި ވަނީ މުސްލިމުންގެ ހަޔާތުގައި ތެދުބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އިސްލާމީ އުންމަތް ބިނާކުރަންވާނީ ތެދުބުނުމުގެ މަތީގައި ކަމަށާއި ދޮގު ވާހަކަތައް ފެތުރުމާއި ދެއްކުމަށް ދުރުހެލިވާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ދޮގުވެރިކަމަކީ ދުގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް ކަމަަށާއި އެއީ ނުބައި ކަންތައްތަކަށް މީހާ ހުށަހެޅިގެންދާނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. 

މީގެ އިތުރުން ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަވެސް ބޮޑުވާނެ ކަމަށާއި ހަދަހަދައިގެން ދޮގު ހަދާ މީހާއަށް އެ އަރައިގަނެވެނީ ވަރަށް ބޮޑު ފާފައަކަށް ކަމަށް ހުތުބާގައި ބުންޏެވެ.

އަދި އިސްލާމްދީނުގައި ދޮގު ހެދުމަކީ ހަރާމް ކަމެއް ކަމަށާއި ސަމާސާ ކުރުމުގައި ވެސް އޮތީ ތެދު ބުނުން ކަމަށް ހުތުބާގައި ބުންޏެވެ. ހެކިބަސް ދިނުމުގައި ވެސް ތެދުބުނުމަށް އިސްލާމްދީން ބާރުއަޅާ ކަމަށާއި ހައްގު ގާއިމް ކުރުމަށްޓަކައި ހެކިބަސް ދިނުމުގައި މުސްލިމުން އެއްވެސް މީހަކަށް ބަލައިގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!