ޚަބަރު

އޮތީ އިޙްތިރާމް, ޤާސިމަށް ވަނީ ދޮގު މައުލޫމާތު ލިބިފައި: ނާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖުމްހުރީ ޕާޓީގެ ލީޑަރު, ޤާސިމް އިބްރާހީމަށް ހިތުގައި އޮތީ އިޙްތިރާމް ކަމަށާއި, އެމަނިކުފާނާ ގުޅޭ ގޮތުން ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންފައި އޮތީ ދޮގު މައުލޫމާތު ކަމަށް, މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނާޒިމް މިހެން ވިދާޅުވީ, ޤާސިމް މިއަދު ދެއްވި އިންޓަރވިއުއެއްގައި އެމްއެންޕީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޤާސިމް މިއަދު ވިދާޅުވީ, ޤާސިމް ދުއްވާލައިގެން ނޫން ގޮތަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ނާޒިމްގެ ޕާޓީގެ އިސް ދެ ފަރާތެއް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ވާހަކަ ޤާސިމްއާ ހަމައަށް ގެނެސްދީފައިވަނީ ގާތް ރައްޓެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ, ޤާސިމްއާ ހަމައަށް ބަޔަކު ދޮގު މައުލޫމާތު ބަޔަކު ފޯރުކޮށްދީފައިވާ ކަމަށާއި, އެކަމުން ބޮޑު ގެއްލުމެއް ޤާސިމަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އޮނަރަބަލް ގާސިމް އާ ހިސާބަށް ދޮގު މައުލޫމާތު ބަޔަކު ގެނެސްދިނުމަކީ އެމަނިކުފާނަށް ބަޔަކު ދޭ ބޮޑު ގެއްލުމެއް.” ނާޒިމް ވިދާޅުވީ, އޭނާގެ ހިތުގައި ޤާސިމަށް އޮތީ ލޯބި ކަމަށެވެ.

އަޅުގަނޑުވެސް، އަދި އަޅުގަނޑަށް ހެޔޮއެދޭ މީހަކުވެސް، މަނިކުފާނަށް އަދި އެހެންވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް އަދި ނިކަމެތިކަމެއް ނުދޭނެ އަދި އެފަދަ ވާހަކައެއްވެސް ނުދައްކާނެ. މަނިކުފާނާމެދު އަޅުގަނޑުގެ އިހްސާސަކީ އިހްތިރާމް.

ނާޒިމް އިތުރަށް ވިދާޅުވީ, އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްތިތުންގެ ހައްގުގައި އިހުލާސްތެރި މަސައްކަތެއް ގައުމަށް ކޮށްދިނުމަށް ކަމަށެވެ.

Ads by HDC
  1. އިއްބެ

    ބަޢާވާތްކުރުމަކީރައްޔިތުންނަށްއިޚުލާތެރިވުމެއްނޫން

  2. ބަލާތި

    އދ. ގެ ކްލައިމެޓް ޕްރޮމިސް އެއީ ފުރަތަމަ ކުފުރުވާ ފަދަ ބަހެކޭ ކްލައިމެޓް އަކީ އެއީ މޫސުމޭ ދުނިޔޭގެ މޫސުމަށް އެއްވެސް އިންސާނަކަށް ބަދަލު ނުގެނެވޭނެއޭ ފިތުރަތުގެ ގާނޫނުގެ ދަށުން މަމެން މިއުޅޭ ކާއިނާތް ލައްވަވާފައިވަނީ އެ އުފެއްދެވި އިރު އުފައްދަވާފައިވަނީ ހިސާބު އިލްމްގެ ބޭނުންކޮށްގެންނޭ އެއީ އިންސާނުންނަށް ބަދަލުގެނެވޭނެ އެއްޗެއްނޫނޭ ހިސާބު އިލްމުން މޫސުމަށް އަންނަ ބަދަލު ތަކެއް އަންނާނީ ދެން ކޮން ކްލައިމެޓް ޕްރޮމިސްއެއްތޭ އދ.އަށް ވެވޭނީ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ ނުވެވޭނެއޭ އެއީ ކުފުރުވާ ފަދަ ބަސްތަކޭ

  3. ޒާހިރު

    ގާސިމަކީއަމިއްލައެދުއް.150.ހަމައަށްއަރާފަތިބޭފުޅާހީފުޅުކުރައްވަނީ.15.އަރުގެޒުވާންލަތީފުރީތިއައްހެއްކުދިއްތިއަބޭފުޅާކާވެނިބައްލަވައްލިބޭފަދާންރާއްޖޭގެވެރިކައްވެސްލިބޭނެކަމައްތޯއޭ)އެއްގޮތަ
    ކައްވެއެހެއްހީފުޅުނުކުރައްވާތި)އަދިވެސއތިއައުޅުއްވަނީލިބޭފާސާ
    އާމުދަލާއަބިއްމަދުވެގެއްތޯއޭ)މާއްﷲއިރާދަކުރެއްވިއްޔާދުވަހަކު
    ވެސްގާސިމުއަކަޢްދިވެހިރާއްޖޭގެވެރިކަމެނުއިރާދަނުކުރައްވަށި