ޚަބަރު

ސިފައިން ނިކުމެ މާލޭގެ ބައެއް މަގުތައް ބަންދުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިފައިން ނިކުމެ މާލޭގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ.

Ads by MWSC

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަނދުކޮށްފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދާއި ވެލާނާގެ ސަރަހައްދުގެ އިތުރުން ރައީސް އޮފީސް ސަރަހައްދެވެ.

އެ ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ.

މަގުތައް ބަންދުކޮށްފައިވަނީ މިރޭ އިދިކޮޅުން ބޭއްވި ހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނޫނާއި ހިލާފު އަމަލުތައް ހިނގުމަށް ރާވަމުންދާ ކަމާއި އަދި ބައެއް ފަރާތްތަކުން ގާނޫނާތަކުން ހިލާފު އަމަލުތައް ހިނގާނެކަމަށް ބުނަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

  1. ފުލުހުންނާއި ސިފައިން ހާދަ އަވަހަށް ދިވެހި ރައްޔިތުން ކުއްވެރި ކުރަން މިއުޅެނީ ކީއްވެތޯ ؟

  2. އަހްމަދު ރަސީދު

    ސަރުކާރު ގަބޫލު ކުރާ ގޮތުގައި ސަރުކާރުގައި ރައްޔިތުން ތިބުމަކީ ސަރުކާރަށް އޮތް ބިރެއް