ޓެކްނިކަލް މައްސަލައެއް ދިމާވެގެން ދިރާގު އިންޓަނެޓް ލިބުމުގައި ދަތިކަން!

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް އިންޓަނެޓްގެ ޚިދުމަތް ލިބުމަށް ދަތިތަކަކާއި ކުރިމަތިވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ދިރާގުން ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޮޑްބޭންޑް ކަސްޓަމަރުންނަށް އިންޓަނެޓް ހިދުމަތް ލުބުމުގައި ދަތިތައް ކުރިމަތިވެދާނެ ކަމަށެވެ.
މި މައްސަލަ ހައްލު ކުރުމަށް ދިރާގުން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. އިންޓަނެޓްގެ ޚިދުމަތް ލިބުމުގައި ދިރާގުގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.