ގްރޭޓާމާލެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓްގެ މަސައްކަތް ނިންމާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕަނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލޭގައި ގާއިމް ކުރާ ގްރޭޓާމާލެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓްގެ މަސައްކަތް މިއަދު ނިންމާލާފިއެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އަދި މިޕްރޮޖެކްޓަކީ އެކުންފުނީގެ ތާރީހުގައި މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އިންޖީނުތަކެއް ކޮމިޝަން ކުރި ޕްރޮޖެކްޓްކަމަށެވެ.
"20.2 މެގަވޮޓްގެ ކެޕޭސިޓީގެ މި ޕަވަރޕްލާންޓާއެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ" ސްޓެލްކޯ އިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ދަނީ އެކުންފުނިިން އާއްމުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.